މުބާރާތް
ނަންބަރު: BAM/IUL/2014/19
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 17 ނޮވެންބަރު 2014 15:00
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
41 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2014 ، 7 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2014

ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ 41 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 2014

7 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތް 2014

މުބާރާތުގެ ޑްރޯ އަދި މެނޭޖަރުންގެ ބައްދަލުވުމުގެ ތާރީޚަށް އައި ބަދަލު

މި އެސޯސިއޭޝަންގެ 28 ސެޕްޓެންބަރު 2014 ގެ އިޢުލާން ނަންބަރު: BAM/IUL/2014/13 ގެ އިޢުލާނުގައިވާ މުބާރާތުގެ ޑްރޯ އަދި މެނޭޖަރުންގެ ބައްދަލުވުން ތިރީގައިމިވާ ގޮތަށް ބަދަލު ކުރެވިފައިވާ ވާހަކަ ބައިވެރިވެފައިވާ އެންމެހައި ކުޅުންތެރިންނާއި ކްލަބް/ޖަމްޢިއްޔާ އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މުބާރާތުގެ ޑްރޯ:

  • 17 ނޮވެންބަރު 2014 ވާ ހޯމަ ދުވަސް.

މެނޭޖަރުންގެ ބައްދަލުވުން:

  •  20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި ޤައުމީ މުބާރާތް
  •  20 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެރޭ 21:30 ގައި އަތޮޅު ލީގު

ބައްދަލުވުން އޮންނާނީ ބެޑްމިންޓަން އެސޯސިއޭޝަނުގައި.

     މިބައްދަލުވުމުގައި މުބާރާތުގައި ބައިވެރިވާ ޓީމުތަކަށާއި ކުޅުންތެރިންނަށް ބައިވެރިވެވޭނެއެވެ.

މެޗްތައް ތަރުތީބު ކުރެވިފައިވަނީ:

ޓީމު އިވެންޓްސް 21 ން 25 ނޮވެންބަރު 2014 އަށް، އިންޑިވިޖުއަލް 26 ން 30 ނޮވެންބަރު 2014 އަށް

01 ނޮވެންބަރު 2014