ކުއްޔަށް ހިފުން
ނަންބަރު: 188-FM/IUL/2014/87
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:47
ސުންގަޑި:
18 ނޮވެންބަރު 2014 15:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުން
ސިވިލް ސަރވިސް ކޮމިޝަނުގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުން
ސިވިލް ސަރވިސް ކޮމިޝަނުގެ ފައިލްތަކާއި އެހެނިހެން ބައެއް ތަކެތި ރައްކާކުރުމަށް ގުދަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރީން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ސިވިލް ސަރވިސް ކޮމިޝަންގެ އިދާރާ (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގުދަން ކުއްޔަށް ހިފުމުގައި ބަލާނެ މައިގަނޑު އުސޫލުތައް
- ގުދަން ހެދިފައިވާ ފެންވަރު
- ގުދަނުގެ ބޮޑުމިން 600-200 އާ ދެމެދުގެ އަކަފޫޓަކަށް ވާންވާނެއެވެ.
- މި އޮފީސް ހިނގަމުން އަންނަ އިމާރާތް (ހ. ވެލާނާގެ) އާ ހުރި ދުރުމިން
- ގުދަން ހުރި ލޮކޭޝަން
- ވަދެނިކުމެ އުޅުމާއި ޕާކްކުރުމުގައި ހުރި ފަސޭހަތައް
- ކަރަންޓް ހުރުން
ހުށަހަޅަންޖެހޭ މަޢުލޫމާތު
- ގުދަނުގެ ބޮޑުމިން އެނގޭނެ ކުރެހުމަކާއި ތަނުގެ ބޮޑުމިން އަކަފޫޓުން ހުށަހެޅުން
- ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- ގުދަން ހުރި ސަރަޙައްދު ބަޔާންކުރުން
- ގުދަނުގެ ކުލި ބަޔާންކުރުން (އަކަފޫޓަކަށް ޖެހޭ މިންވަރު އަދި ޖުމުލަ އަގު ހިމެނޭގޮތަށް)، އަގު ހުށަހަޅާނީ މަހު ކުލީގެ ގޮތުގައެވެ.
- ގުދަން ކުއްޔަށް ދޭ މުއްދަތު.
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން، ނުވަތަ ހުށަހަޅާ ތަނަކާއި އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި، އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
ގުދަން ހިފުމުގައި ޕޮއިންޓް ދޭނެ ގޮތް
- ހުށަހަޅާފައިވާ އަގަށް 60 ޕޮއިންޓް.
- ގުދަން ކުއްޔަށް ދޭ މުއްދަތަށް 10 ޕޮއިންޓް
- ލޮކޭޝަން ނުވަތަ ގުދަން ހުރި ސަރަޙައްދަށް 10 ޕޮއިންޓް
- ގުދަން ހެދިފައިވާ ފެންވަރަށް 20 ޕޮއިންޓް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3307314/3303647
- ފެކްސް: 3303648
- އީމެއިލް: [email protected]
- ވެބްސައިޓް: www.csc.gov.mv
06 ނޮވެންބަރު 2014