ދިވެހިރާއްޖެ
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ |
SECRETARIAT OF THE RAIYMANDHOO COUNCIL |
މ.ރަތްމަންދޫ |
M.Raiymandhoo |
ދިވެހިރާއްޖެ |
Rep Of Maldives |
އިއުލާންގެ ނަންބަރު: (IUL)362/362/2022/29 ތާރީހު : 01 ނޮވެމްބަރ 2022 |
އިޢުލާން
މ.ރަތްމަންދޫ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން
މ.ރަތްމަންދޫ ބިމާއި އިޙުތިޞާސްގައި ހިމެނޭ މ.ރަތްމަންދޫގެ ފަޅު ހިމެނޭ ގޮތަށް ، ކުރިޔަށް އޮތް 20 ( ވިހި ) އަހަރު ދުވަހަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި ، ޓޮޕޮގްރަފިކް ސާރވޭ އާއި ކަމާއި ގުޅޭގޮތުން ހަދަންޖެހޭ އެންމެހާ ލިޔެކިޔުންތައް ، ރިޕޯޓްތައް އަދި ކުރެހުންތައް ތައްޔާރުކޮށް ހުށަހަޅާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތާއި ގުޅޭ ބީލަން ޑޮކިއުމަންޓްތަށް މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށް ދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ތަފުސީލް |
ތާރީޚު އަދި ދުވަސް |
ގަޑި |
ތަން |
ބީލަމުގައި ރަޖިސްޓްރީވުން |
01 ނޮވެމްބަރ 2022 އިން 07 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް |
ކަނޑައެޅިފައިވާ ދުވަސްތަކުގެ ހެނދުނު 08:00 އިން 14:00 ގެ ނިޔަލަށް |
މ. ރަތްމަންދޫ ކައުންސިލް އިދާރާ އޮންލައިންކޮށް ރަޖިސްޓަރ ކުރެއްވުމަށް : [email protected] މެއިލްގެ ޒަރިއްޔާއިން ރެޖިސްޓްރީ ކުރަށްވާ |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
މި ބީލަމާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. |
||
ބީލަން ހުށަހެޅުން |
10 ނޮވެމްބަރ 2022 |
11:00 |
މ.ރަތްމަންދޫ ކައުންސިލްގެ އިދާރާ |
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
07 ރަބީޢުލްއާހިރް 1444
01 ނޮވެމްބަރ 2022