ކުއްޔަށް ހިފުން
ނަންބަރު: (IUL)GS45/2014/056
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:38
ސުންގަޑި:
17 ނޮވެންބަރު 2014 11:00
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން
މި ސްކޫލަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިއިޢުލާނުގެ ދަށުން ކުއްޔަށް ދޫކުރާ ގެއަކީ، ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަ ވެފައިވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.
- 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ) އާއި، ސިޓިންގރޫމަކާއި، ކައްކައި ކައިބޮއި ހަދާނެ ތަނެއް ހުރުން.
- ގޭގައި އެކުލެވިގެންވާ ހުރިހާ ތަނަކާއި، ފާޚާނާތަކުގައި ތަށިމުށި ޖަހައި ސީލިންގ ކޮށްފައިހުރުން.
- ކައްކައި ކައިބޮއި ހަދާ ތަން ފެންވައިރުކޮށް، ސިންކު ހަރުކޮށް، ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއި ހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮނޑި، މޭޒު ހުރުން.
- ޞިއްޙީގޮތުން ރަގަނޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
- މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާ ތަކެތި ހަމަޔަށް ހުރުން. (މިލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)
ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 17 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 24 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.
17 މުޙައްރަމް 1436
10 ނޮވެންބަރު 2014