ދެންނެވުން
ނަންބަރު: (IUL)430/430/2022/19
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 30 ނޮވެންބަރު 2022 00:00
ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ދިވެހިބަހުގެ ގަވާއިދު ފޮތަށް ޚިޔާލު ހުށަހެޅުއްވުމުގެ ދަޢުވަތު

ދިވެހިބަހުގެ ގަވާއިދު ފޮތަށް ޚިޔާލު ހުށަހެޅުއްވުމުގެ ދަޢުވަތު:

           މި ވޭތުވެ ދިޔަ ދުވަސްތަކުގައި ޢިލްމީ ގޮތުން މުޖުތަމަޢަށް އައި ކުރިއެރުމާއެކު މީހުންގެ ވިސްނުމަށާއި ހޭލުންތެރިކަމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. މުޖުތަމަޢަށް މި އައި ބަދަލުގެ ސަބަބުން ބަހާމެދު މީހުން ތަފާތު ގޮތްގޮތަށް ވަނީ ވިސްނާން ފަށައިފައެވެ. އެތައް ބަޔަކު ވަނީ ބަހާ ބެހޭ  ޢިލްމީ ދިރާސާތަކެއް ވެސް ކޮށްފައެވެ. ބަހުގެ ގަވާއިދުގެ ތެރެއިން ވެސް އާ ކަންތައްތަކެއް ވަނީ ފާހަގަ ކުރެވިފައެވެ.

            އިސްވެ ދެންނެވުނު ސަބަބުތައް އެހެންހުރުމާއެކު މި ޒަމާނަށް ފެތޭ ގޮތަށް ދިވެހިބަހުގެ ގަވާއިދު ފޮތެއް އެކުލަވައިލުމުގެ މަސައްކަތް މި އެކެޑަމީގެ ގަވާއިދު ކޮމެޓީ މެދުވެރިކޮށް މި ގެންދަނީ ކުރަމުންނެވެ. މި ގަވާއިދު ފޮތް އެކުލަވައިލުމުގައި ބަހާމެދު ވިސްނައިވަޑައިގެން ޚިޔާލުފުޅުތައް ކުރައްވާ ބޭފުޅުންގެ ޚިޔާލުފުޅުތައް ހިމެނުމަކީ މުހިންމުކަމެއްކަމަށް މި އެކަޑަމީއިން ދެކެމެވެ.

      ވީމާ ދިވެހިބަހުގެ ގަވާއިދާ ބެހޭ ގޮތުން ދިވެހިބަހުގެ ޑިގްރީ ކޯހެއްގައި ނުވަތަ މާސްޓާރސް ކޯހެއްގައި ނުވަތަ އަމިއްލަފުޅު ގޮތުން ނަމަވެސް އެއްވެސް ދިރާސާއެއް ކުރައްވައި އާ ކަންތައްތަކެއް ހޯއްދެވިފައިވާ ނަމަ، ނުވަތަ ގަވާއިދަށް ނުވަތަ ދިވެހިބަސް ބޭނުންކުރުމުގެ ހަމަތަކަށް ގެންނާން ފެނިވަޑައިގަންނަވާ އެއްވެސް އިޞްލާޙެއް ފާހަގަކުރެއްވިފައި އޮތް ނަމަ، އެ އިޞްލާޙުތައް ލިޔުމުން ހުށަހެޅުއްވުމުގެ ފުރުޞަތު މިއަދުން ފެށިގެން  ނޮވެންބަރު މަހު 30ގެ ނިޔަލަށް ޢާންމުކޮށް ހުޅުވައިލައި އެ ކަމަށް ދަޢުވަތު އަރުވާ ވާހަކަ އާންމުކޮށް އިޢުލާމުކުރީމެވެ.  އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3014800 ނުވަތަ އީމެއިލްކުރައްވާނަމަ [email protected] އަށެވެ.

 

01 ނޮވެންބަރު 2022