ނީލަން
ނަންބަރު: GS43-A/2022/47
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 12 ނޮވެންބަރު 2022 09:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަންކިއުން

ޝަރަފުއްދީން ސްކޫލްގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ކިއުން އޮންނާނީ 12 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ޝަރަފުއްދީން ސްކޫލްގެ ގޯތިތެރޭގައެވެ.

ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 10 ނޮވެމްބަރ 2022 އަށް ޝަރަފުއްދީނަށް ވަޑައިގަތުމުން ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަން ކުރިޔަށް ގެންދެވޭނީ މަދުވެގެން 03 ބައިވެރިންގެ ޚާޟިރުގައެވެ.

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 12 ނޮވެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ 9:00 އަށް ޝަރަފުއްދީން ސްކޫލަށް ދުރުވުމުން ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމުގައި އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

01 ނޮވެންބަރު 2022