ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2022/101
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 10 ނޮވެންބަރު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.ދުވާފަރު 47.06 ރަޖިސްޓްރީ ކުރުމާއި ބެހޭ

އިޢުލާން

 

                        ރ.ދުވާފަރު 47.06 ނަމްބަރުގޭ ރ. ކަނދޮޅުދޫ މީޒާން މަރްޔަމް ޤާސިމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ އެފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2022 ނޮވެންބަރު 10 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.

                   މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ،  އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 47.06 ނަމްބަރުގޭ ރ. ކަނދޮޅުދޫ މީޒާން މަރްޔަމް ޤާސިމްގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

                                

                                 7 ރަބީޢުލްއާޚިރު       1444

                                 1 ނޮވެންބަރު         2022

01 ނޮވެންބަރު 2022