ޢާންމު މަޢުލޫމާތު
ނަންބަރު: : (IUL)305-ME305/305/2022/119
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:24
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ވަޅުލާފައިވާ އަމިއްލަ ނަރުދަމާ ހޮޅިތައް ބޭނުން ކުރުން ހުއްޓާލުމާއި ގުޅޭ

އިޢުލާން

މަގުމަތީގައި ވަޅުލާފައިވާ އަމިއްލަ ނަރުދަމާ ހޮޅިތައް ބޭނުން ކުރުން ހުއްޓާލުމާއި ގުޅޭ

ސަރުކާރުން މިރަށުގައި ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމަށް ގެތަކުން ހޮޅިގުޅާ ބޭނުން ކުރަން ފެށިފަހުން 11 މަސްދުވަސް ފާއިތުވެގެން ދިޔައިރު މިނިޒާމަށް ހޮޅި ގުޅައި ބޭނުން ކުރަމުންދަނީ ނިސްބަތުން މަދު ގެތަކަކުން ކަމުގައި ދަންނަވަމެވެ. ވުމާއެކު މިހާރު ސަރުކާރުގެ ނަރުދަމާ ހޮޅިއަށް ނުގުޅާ ހުރި ގެތަކުން ފެނަކަ މާކުރަތު ބްރާންޗަށް ފޯމު ހުށަހަޅާ ވެވަޑައިގެން އެންމެ އަވަސް މުއްދަތެއްގައި ހޮޅި ގުޅުމުގެ މަސައްކަތް ނިންމެވުމަށް ދަންނަވަމެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ރަށުގެ އެކިދިމަދިމާލަށް ނަޖިސްހޮޅިތައް ނެރެ މޫދަށް ނަޖިސް ބޭރުވާ ގޮތައް ހުރުމަކީވެސް ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތައް އަދި އާންމު ސިއްހަތު ރައްކާތެރި ކުރުމާބެހޭ ޤަވާއިދުންވެސް ހުއްދަކުރާ ކަމެއް ނޫންކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ރަށުގެ ފެނުގެ ނިޒާމް ޤާއިމުކޮށް ހޮޅި އެޅުމުގެ މަސައްކަތް ކުރެވެމުންދާއިރު އަމިއްލަ ފާޙާނާ ހޮޅިތައް މަގުމަތީގައި އޮތުމުގެ ސަބަބުންވެސް މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތިވެ، އެތަކެއް ގެއްލުންތައް ކުރިމަތި ވަމުންދާ ވާހަކަ ދަންނަވަމެވެ.

ވީމާ، އިސްވެ ދެންނެވުނު ފަދައިން ސަރުކާރުގެ ނަރުދަމާ ބޭނުން ކުރަން ފެށިފަހުން އަހަރެއްވާން ގާތްވެފައިވުމާއިއެކު ސަރުކާރުގެ ނަރުދަމާއަށް ނުގުޅާ އަމިއްލަ ހޮޅި ބޭނުން ކުރިކަމުގައިވިޔަސް މިކައުންސިލުން ހުއްދަދީގެން މަގުކޮނުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އަމިއްލަ ފާޙާނަ ހޮޅިތަކަށް ލިބޭ ގެއްލުމަށް މަސައްކަތްކުރާ ފަރާތުން ޒިންމާ ނުނަގާނެ ވާހަކަ ދަންނަވަމެވެ. މިހެންކަމުން ލަސްނުކުރައްވާ ސަރުކާރުގެ ނަރުދަމާއަށް ގޭގޭގެ ފާހާނަ ހޮޅި ގުޅުމުގެ މަސައްކަތްކޮށް ނިންމެވުމަށް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ރަބީޢުލްއާޚިރާޙާޙ 1444

31 އޮކްޓޫބަރު 2022