ތަމްރީނު
ނަންބަރު: (IUL)475-Schol/475/2022/198
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 17:32
ސުންގަޑި: 02 ނޮވެންބަރު 2022 11:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Master of Science in Rehabilitation Science Program 2022-2023 / Bangladesh Re announced

ކޯހުގެ މުއްދަތު: 2 އަހަރު

މާސްޓަރސް ޑިގްރީ   

ކޯހުގެ ލެވެލް:

ޤައުމު: ބަންގްލަދޭޝް

މާސްޓަރސް އޮފް ސައިންސް އިން ރިހެބިލިޓޭޝަން ސައިންސް

ކޯހުގެ ދާއިރާ:

ޔުނިވަރސިޓީ އޮފް ޑާކާ

ޔުނިވަރސިޓީ:

މާސްޓަރސް ޑިގްރީގެ ޝަރުތު:

1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ޙާސިލުކޮށްފައިވުން  

2. TOEFL އިން 570 އިން މަތި ލިބިފައިވުން ނުވަތަ IELTS އިން އޯވަރއޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުން.

3. ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

4. މިމިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑްކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވުން.

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1.ތަޢުލީމު ހާސިލުކުރުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު

2.މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

3. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން.

 

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

1. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. ކޯހާއި ގުޅޭ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުން.

5. އިޢުލާނާއިއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ ކޯހުގެ އިންފޮމޭޝަން ޝީޓްގައި އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާއި ގުޅޭ ލިޔުން.

6. "ބަންގްލަދޭޝް ހެލްތް ޕްރޮފެޝަންސް އިންސްޓިޓިއުޓްގެ އެޕްލިކޭޝަން ފޯމް" އާއި "އެޕްލިކޭޝަން ފޯމް ފޮރ ފޮރިން ސްޓޫޑެންޓް" އެޕްލިކޭޝަން ފޯމާއި އެފޯމްތަކުގައި ބަޔާން ކޮށްފައިވާ ލިޔުންތައް

7. ތަޢުލީމް ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެ އެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

8. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.

9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

10. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި:

* މިސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ތިރީގައިވާ ދެ ލިންކް އިން ލިބޭނެއެވެ.

https://www.crp-bangladesh.org/crp-project/regional-inter-professional-masters-program-rehabilitation-science-funded-saarc

https://www.bhpi.edu.bd/department/rehabilitation-science-international-program/

* މިސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން މިމިނިސްޓްރީއިން ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސިލެކްޝަން ހަދާނީ ބަންގްލަދޭޝް ހެލްތް ޕްރޮފެޝަންސް އިންސްޓިޓިއުޓް (ބީއެޗްޕީއައި) ގެ ފަރާތުންނެވެ.

* މިސްކޮލަރޝިޕްގެ ދަށުން ފުލް ސްކޮލަރޝިޕް އަދި ޕާރޝަލް ސްކޮލަރޝިޕް ލިބޭ ފަރާތްތައް ކަނޑައަޅާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

* ފުލް ސްކޮލަރޝިޕްއާއި ޕާރޝަލް ސްކޮލަރޝިޕްގެ ދަށުން ހިނގާނެ ޚަރަދުތަކުގެ ތަފްސީލް މިއިޢުލާނާއެކު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާނެއެވެ. ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން ދިނުމަށް ކަނޑައަޅާފައިވާ ޚަރަދުތަކުގެ އިތުރުން ހިނގާ ޚަރަދެއް ހަމަޖައްސާނީ ކޯހަށް ހޮވޭ ކެންޑިޑޭޓުން އަމިއްލައަށެވެ.

* މިމިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މިމިނިސްޓްރީން އެންގުމުން، 2 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިމިނިސްޓްރީއަށް "ބަންގްލަދޭޝް ހެލްތް ޕްރޮފެޝަންސް އިންސްޓިޓިއުޓްގެ އެޕްލިކޭޝަން ފޯމް" އާއި "އެޕްލިކޭޝަން ފޯމް ފޮރ ފޮރިން ސްޓޫޑެންޓް" މި 2 އެޕްލިކޭޝަންއާއި އޭގައި ބަޔާންކޮށްފައިވާ ލިޔުންތަކުގެ އަސްލު ފޮނުއްވަން ޖެހޭނެއެވެ.

* މިކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2022 ވަނަ އަހަރު ޑިސެމްބަރ މަހުގައެވެ.

މި އިއުލާނާގުޅޭ އިތުރު މައުލޫމާތު އެނެކްސް 1 އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި: 2 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން

* މި ސްކޮލަރޝިޕް އިންތިޒާމް ކުރައްވާ ފަރާތުން މި ސްކޮލަރޝިޕްގެ އެޕްލިކޭޝަން ހުށަހެޅުމަށް ދީފައިވަނީ ވަރަށް ކުޑަ މުއްދަތެކެވެ.

  އެހެންކަމުން، މި އިޢުލާނަށް އެޕްލިކޭޝަން ހުށަހެޅުމަށް ދެވޭ ސުންގަޑި ކުރު ކުރަން ޖެހުނީއެވެ.

އެޕްލިކޭޝަން ހުށަހަޅާނީ:  https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން  http://www.mohe.gov.mvއަދި 3026966 / 3026941 ނަންބަރު  ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

31 އޮކްޓޫބަރު 2022