ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2022/264
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 05 ނޮވެންބަރު 2022 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވިޔަފާރިތަކަށް ދޫކުރާ ހުރިހާ ލިޔެކިޔުމެއް ހަމައެކަނި އިލެކްޓްރޯނިކް ޒަރީޢާއިން ދޫކުރުން

އިޢުލާން

 

ވިޔަފާރިތަކަށް ދޫކުރާ ހުރިހާ ލިޔެކިޔުމެއް ހަމައެކަނި އިލެކްޓްރޯނިކް ޒަރީޢާއިން ދޫކުރުން

ވިޔަފާރި ރަޖިސްޓްރީކުރުމަށްފަހު، އެ ވިޔަފާރިއަކާގުޅޭ މަޢުލޫމާތު ހިމެނޭ ޕްރޮފައިލް ޝީޓް މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ކޮންމެ ވިޔަފާރިއަކަށްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވުމާއެކު، 1 ނޮވެމްބަރ 2022 އިން ފެށިގެން، މި މިނިސްޓްރީން ދޫކޮށްފައިވާ ޕްރޮފައިލް ޝީޓް އަދި އެކި ރެޖިސްޓްރޭޝަން ސެޓްފިކެޓްތަކުގައި މިނިސްޓްރީގެ ސްޓޭމްޕް ޖަހައިދިނުން ހުއްޓާލާފައިވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ރަޖިސްޓަރީކުރެވިފައިވާ ވިޔަފާރީގެ މަޢުލޫމާތު މި މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް https://business.egov.mv  މެދުވެރިކޮށް ބެލޭނެ އެވެ. އަދި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދު އަދި ޕާޓްނަރޝިޕެއްނަމަ، ޕާރޓްނަރޝިޕް އެގްރިމެންޓް ޕޯޓަލް މެދުވެރިކޮށް ޑައުންލޯޑްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެއެވެ.

ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ޚިދުމަތްތަކަށްއެދޭނީ https://business.egov.mv  މެދުވެރިކޮށެވެ.

އޮންލައިންކޮށް ޚިދުމަތަށް އެދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، ބޮޑުތަކުރުފާނު މަގު، އެމް.ޓީ.ސީ.ސީ ފެރީޓަރމިނަލްގައި ހުންނަ 1500 help ސަރވިސް ސެންޓަރ އަށް ޒިޔާރަތްކުރުމަށް ދަންނަވަމެވެ. މީގެ އިތުރުން، ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމަށް ކޯލް ސެންޓަރ 1500 ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް ދަންނަވަމަވެ.

31 އޮކްޓޫބަރު 2022