ދެންނެވުން
ނަންބަރު: 2022/28
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022 (ދެވަނަ އިޞްލާޙް)" ޢާންމުކުރުން

މަސައްކަތުގެ ފެންވަރުބެލުމާ ގުޅިގެން ދިވެހި ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގައި "ބެންޗްމާރކް" ކަނޑައަޅައި، އެ ބައި އުސޫލަށް އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ. އަދި، މަސައްކަތުގެ ފެންވަރުބެލުމަށް ރިއާޔަތްކޮށް، މުވައްޒަފުންނަށް ހިތްވަރުދީ، މަސައްކަތުގެ އަގުވަޒަންކުރުން، މި ބައި އުޞޫލަށް އިތުރުކުރުމާއެކު، "މަސައްކަތުގެ ފެންވަރުބެލުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެގޮތް" އިޞްލާޙުކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. މީގެ އިތުރުން ވެސް، ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބަލައި އަގުވަޒަންކުރުމުގައި ބޭނުންކުރާ "އީ-ޕަރފޯމަންސް މެނޭޖްމަންޓް މޮޑިއުލް" އަށް ރިޢާޔަތްކޮށް އުޞޫލަށް ގެންނަންޖެހޭ އިސްލާޙްތައް ގެނެވިފައިވާނެކަމުގައި ވެސް ދަންނަވަމެވެ.

މި އިޞްލާޙުތަކާއެކު "ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމާބެހޭ އުޞޫލު 2022 (ދެވަނަ އިޞްލާޙް)" މި ސަރކިއުލަރއާއެކު ޢާންމުކުރަމެވެ.

މި އުޞޫލު ޢާންމުކުރުމާ ގުޅިގެން ކޮމިޝަނުން 2011 ވަނަ އަހަރު ޢާންމުކޮށްފައިވާ ސަރކިއުލަރ ނަންބަރު 16/2011 (20 ޖޫން 2011) "މަސައްކަތު ފެންވަރުބެލުމާ ގުޅިގެން މުވައްޒަފުންނަށް ހިތްވަރުދީ ފިޔަވަޅުއެޅުން" ބާޠިލުކޮށްފައިވާ ވާހަކަ ދަންނަވަމެވެ. މަސައްކަތުގެ ފެންވަރުބެލުމާގުޅޭ އުޞޫލާއި، އެ އުޞޫލާގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ https://www.csc.gov.mv/Policy/Index/60 ލިންކުން ލިބިވަޑައިގަންނަވާނެކަމުގައި ވެސް ދަންނަވަމެވެ.

31 އޮކްޓޫބަރު 2022