ދިވެހިރާއްޖެ
ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެ
ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ސްކޫލަށް ފަރުނީޗަރ ގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ މީޓިންގރޫމް 04 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ގެ މީޓިންގރޫމް 04 އަށް ވަޑައިގެންދެއްވުން އެދެމެވެ.
| މަޢުލޫމާތު ސާފުކުރުމަށް | އަންދާސީހިސާބު ހުށަހެޅުމަށް | 
| 16 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 14:00 އަށް | 20 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3341404 ފޯނާ ގުޅުއްވުން އެދެމެވެ.
13 މުޙައްރަމް 1436