ދިވެހިރާއްޖެ
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނުކުރުމުގެ5 ވަނަ ޕްރޮގްރާމް 16–14 ނޮވެންބަރު 2022 އަށް އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގެ ނަން: |
ލޯކަލް އޮތޯރިޓީ ކޮމްޕެނީސް ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް (އޮކްޓޫބަރު) 2022 |
ތާރީޚް: |
14-16 ނޮވެންބަރު 2022 | (ހެނދުނު 09:00 އިން 14:00 އަށް) |
ޓާރގެޓް އޯޑިއަންސް: |
ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތައް |
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: |
10 ނޮވެންބަރު 2022 |
ފީ: |
1,000ރ ( އެއް ހާސް ރުފިޔާ) |
ޖާގަ: |
30 |
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014140 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.