ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-G/1/2014/121
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 13 ނޮވެންބަރު 2014 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
1.5 ޓަނުގެ ޕިކަޕެއް ހޯދައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ސ.މީދޫ، އައްޑޫމީދޫ ކޯޕަރޭޓިވް ސޮސައިޓީއަށް 1.5 ޓަނުގެ ޕިކަޕެއް ހޯދައިދޭނެ ފަރާތެއް ބޭނުންވެގެންކުރި އިޢުލާން ނަންބަރު: IUL)30-G/1/2014/114) އަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ނޮވެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 14:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސް ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ނޮވެންބަރު 2014 (އަންގާރަ) ދުވަހުގެ 14:00 އަށް ހ.ވައިޓްވޭވް އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 3341836 އަށް ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014