ދިވެހިރާއްޖެ
ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ " އިމާރާތް ކުއްޔަށް ދޫކުރުން :
ނިލަންދޫ ރައްޔިތުންގެ "ފިނިހިޔާ " އިމާރާތް 15 ނޮވެންބަރު 2022 އިން ފެށިގެން 05 (ފަހެއް ) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. މި އިމާރާތުގެ ކުލީގެ ގޮތުގައި ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ މަހަކަށް -/4000 (ހަތަރު ހާސް ) ރުފިޔާއެވެ.
ވީމާ. މިއިމާރާތް ކުއްޔަށް ހިފަން ބޭނުންފުޅުވާ ފަރާތްތަކުން 2022 ނޮވެންބަރު 10 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ހަމަޖައްސާފައިވާ ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ނިލަންދޫ ރައްޔިތުންގެ ފިނިހިޔާ އިމާރާތް ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.