ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)434-PRC/434/2022/335
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 20:45
ސުންގަޑި: 08 ނޮވެންބަރު 2022 11:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ ހާފްވޭ ހައުސް އަލުން ހުޅުވުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޭޖެންސީގެ ނަންބަރު: (IUL)434-PRC/434/2022/295 (26 ސެޕްޓެމްބަރ 2022) އިޢުލާނުގެ 10 ޖަދުވަލުގެ ތެރެއިން ޖަދުވަލު 5، 6، 8 އަދި 10 ވަނަ ޖަދުވަލް ބާޠިލްކޮށް، ޖަދުވަލުތަކުގައި ލިސްޓުކުރެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރުން

އިޢުލާން

 

ނޭޝަނަލް ޑްރަގް އޭޖެންސީގެ ދަށުން ހުޅުމާލޭގައި ޤާއިމުކުރެވިފައިވާ ހާފްވޭ ހައުސް އަލުން ހުޅުވުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 26 ސެޕްޓެމްބަރ 2022 ގައި ކުރެވުނު ނަންބަރު: IUL)434-PRC/434/2022/295) އިޢުލާނުގެ 10 ޖަދުވަލުގެ ތެރެއިން ޖަދުވަލު 5، ޖަދުވަލު 6، ޖަދުވަލު 8 އަދި ޖަދުވަލު 10 އަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގަކީ، މި ޕްރޮޖެކްޓަށް އަންދާޒާ ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގަކަށް ވުމާއެކު އެޖަދުވަލުތައް ބާޠިލްކޮށް، ޖަދުވަލުތަކުގައި ލިސްޓުކުރެވިފައިވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 30 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން 07 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރުމަށްފަހު، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަދި ރެޖިސްޓަރ ކުރައްވާފައި ނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް، ތިރީގައިވާ ތާވަލާއި އެއްގޮތަށް، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. މި އިއުލާނާއި ގުޅޭ ރެޖިސްޓްރޭޝަން ފޯމް، މަސައްކަތުގެ މަޢުލޫމާތު ޝީޓް، އިވެލުއޭޝަން ކްރައިޓީރިއާ، އަދި އަގު ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

އަންދާސީ ހިސާބު ހުށަހެޅުއްވުން

08 ނޮވެމްބަރ 2022 (އަންގާރަ)

11:00 (މެންދުރުކުރި)

ނޭޝަނަލް ޑްރަގް އޭޖެންސީ (ސީޓްރެކް ބިލްޑިންގ / ދެވަނަ ފަންގިފިލާ  / ގުރާބުތުނޑި ހިނގުން / މާލެ / ދިވެހިރާއްޖެ)

 

 

30 އޮކްޓޫބަރު 2022