ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)30-G/1/2014/120
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 16 ނޮވެންބަރު 2014 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެނުގައި ގަސް އިންދުމުގެ ނިޒާމާއި ޓްރަފް ނިޒާމަށް ބޭނުންވާ އާލާތްތައް ހޯދައިދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް"ގެ ދަށުން ހއ.ހޯރަފުށި، ބިޒްވިލް މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ފެނުގައި ގަސް އިންދުމުގެ ނިޒާމާއި ޓްރަފް ނިޒާމަށް ބޭނުންވާ އާލާތްތައް ހޯދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 14:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް، ހ.ވައިޓް ވޭވް، މޫންލައިޓް ހިނގުން، ކޮންފަރެންސް ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 25 ނޮވެންބަރު 2014 (އަންގާރަ) ދުވަހުގެ 14:00 އަށް ހ.ވައިޓްވޭވް އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 3341836 އަށް ގުޅުއްވުން އެދެމެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014