ދިވެހިރާއްޖެ
އިޢުލާން
13 ވަނަ އަތޮޅު ލީގު 2022
13 ވަނަ އަތޮޅު ލީގު 2022 19 ނޮވެމްބަރު 2022 އިން 25 ނޮވެމްބަރު 2022 އަށް އައްޑޫ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓް (https://badmintonmaldives.org.mv) ގައި ޝާޢިއު ކުރެވިފައިވާނެއެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 14 ނޮވެމްބަރު 2022 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯނު ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.