ވަޒީފާގެ ފުރުޞަތު
ނަންބަރު: FNK/A/IUL/2022/218
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 06 ނޮވެންބަރު 2022 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް (ލ.ކަލައިދޫ ބްރާންޗް)

ނަންބަރު:FNK/A/IUL/2022/218   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ލ.ކަލައިދޫ ބްރާންޗްއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ސެކިއުރިޓީ ގާރޑް

މަޤާމު:

01 (އެކެއް)

ބޭނުންވާ އަދަދު:

ބިލްޑިންގް މެއިންޓެނެންސް  

ޑިޕާޓްމަންޓް:

ލ.ކަލައިދޫ ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ނ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ލ.ކަލައިދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

5 ރަބީޢުލްއާޙިރު 1444

30 އޮކްޓޯބަރ 2022

 

 

 

 

 

 

 

 

 

 

30 އޮކްޓޫބަރު 2022