ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2022/293
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 07 ނޮވެންބަރު 2022 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ލެބޯޓްރީ ޓެކްނޮލޮޖިސްޓް / ލެބޯޓްރީ ޓެކްނީޝަން / ލެބޯޓްރީ އެސިސްޓަންޓް

މަޤާމް :ލެބޯޓްރީ ޓެކްނޮލޮޖިސްޓް / ލެބޯޓްރީ ޓެކްނީޝަން / ލެބޯޓްރީ އެސިސްޓަންޓް
ބޭނުންވާ އަދަދު :1

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ އަދަދު:

01

ސްޕައިން ޕޮއިންޓް:

24

ގްރޭޑް:

5

އޮފީސް

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން 09 ފެބުރުވަރީ 2023 އަށް)

މަގާމްގެ ޝަރުތު:

  1. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 7/8 ގެ ސެޓްފިކެޓެއް ލިބިފައިވުން. ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިޔޫ.އެފް ލެވެލް 5 ގެ ސެޓްފިކެޓަކަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން.

ލެބޯޓްރީ ޓެކްނޮލޮޖިސްޓްގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެބޯޓްރީ ޓެކްނީޝަން (ސްޕައިން ޕޮއިންޓް 23)ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެބޯޓްރީ ޓެކްނީޝަން

ބޭނުންވާ އަދަދު:

01

ސްޕައިން ޕޮއިންޓް:

23

ގްރޭޑް:

4

އޮފީސް

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މުސާރަ:

މަހަކު 6,936/73 ރ

ސަރވިސް އެލަވަންސް:

މަހަކު  2,972/88ރ

އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން 09 ފެބުރުވަރީ 2023 އަށް)

މަގާމްގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

ލެބޯޓްރީ ޓެކްނީޝަންގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެބޯޓްރީ އެސިސްޓަންޓް (ސްޕައިން ޕޮއިންޓް 10)ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

ލެބޯޓްރީ އެސިސްޓަންޓް

ބޭނުންވާ އަދަދު:

01

ސްޕައިން ޕޮއިންޓް:

13

ގްރޭޑް:

3

އޮފީސް

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މުސާރަ:

މަހަކު 5,115/31 ރ

ސަރވިސް އެލަވަންސް:

މަހަކު 2,192/28 ރ

އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް (ވަޒީފާ ހަމަޖެހޭ ތާރީޙުން ފެށިގެން 09 ފެބުރުވަރީ 2023 އަށް)

މަގާމްގެ ޝަރުތު:

  1. ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. ސެޓިފިކެޓް ލެވެލް 3 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސުފަރވައިޒަރުގެ އިރުޝާދުގެ މަތިން ލެބޯރެޓަރީގައި ކުރަންޖެހޭ މަސައްކަތް ކުރުން.
  2. ލެކްޗަރަރއިންގެ އިރުޝާދުގެ ދަށުން ޕްރެކްޓިކަލް ގަޑިތަކަށް ބޭނުންވާ ތައްޔާރީތައްކޮށް މިމަސައްކަތް ބެލެހެއްޓުން.
  3. ލެކްޗަރަރއިންގެ އިރުޝާދުގެ ދަށުން ފީލްޑް ޓްރިޕްތަށް ރާވާ ދަތުރުގެތަކުގެ ކަންތައްތައް ހަމަޖެއްސުން އަދި ބޭނުންވާ ތައްޔާރީތައްކޮށް ފީލްޑްޓްރިޕްތަކުގައި ބައިވެރިވުން.
  4. ލެބޯރަޓަރީ އިކްވިޕްމަންޓް އަދި ފީލްޑް އިކްވިޕްމަންޓް ކެލިބްރޭޓްކޮށް ބެލެހެއްޓުން.
  5. ލެބޯރަޓަރީގެ އިންވެންޓްރީ ބެލެހެއްޓުމާއި ހޯދަންޖެހޭ ކެމިކަލްސް ،ކޮންސިއުމަބަލްސް އަދި އިކްވިޕްމަންޓް ސުޕަރވައިޒަރުގެ ބެލުމުގެ ދަށުން އޯޑަރކޮށް ބެލެހެއްޓުން.
  6. ލެބޯރަޓަރީ އެސް.އޯ.ޕީސް ތައްޔާރުކޮށް ކޮލިޓީ ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  7. ލެބޯރަޓަރީ އަދި ފީލްޑް ޓްރިޕްތަކާއިބެހޭ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށް ބެލެހެއްޓުން.
  8. އެޗް.އޯ.ޑީ ގެ ލަފާގެ މަތިން، ސައިންސް ޑިޕާރޓްމަންޓްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން
  9. ޑިޕާރޓްމަންޓްގެ ކިޔަވައިދިނުމާއި ގުޅިގެން، ޕަވަރ ކެމްޕަސް އަދި މޫޑުލް މެދުވެރިކޮށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން
  10. ދަރިވަރުން ގެންނަ އެސައިންމެންޓްތަށް ބަލައިގަނެ ލެކްޗަރަރ އިންނާ ހަވާލުކުރުމާއި އަދި ދަރިވަރުން ހުށަހަޅާ އެކިއެކި ފޯމްތައް ބަލައިގަތުން
  11. ކޮންމެ ހަތަރު ހަފުތާއަކުން ލެކްޗަރަރުންގެ އެޓެންޑެންސް ރިޕޯޓް (ޓީޗާރސް ޓްރެކިންގ ރިޕޯޓް) ހަދާ، އެޗް.އޯ.ޑީ އާއި ކޯޑިނޭޓަރުންނަށް ހަވާލުކުރުން
  12. އިމްތިހާން ނިމުމުން މާކުސް އެންޓްރީ ޝީޓް ތައްޔާރުކޮށް އިމްތިހާން ކަރުދާސް މާކުކުރުމަށް ޓީޗަރުންނާއި ހަވާލުކުރުމާއި ސެލްފް- ސާރވިސްއަށް މާރކްސް އަޕްލޯޑްކުރުމުގައި އެހީތެރިވުން
  13. ޑިޕާރޓްމަންޓްގެ އޭ.އާރު.ސީ މީޓިންތައް އިންތިޒާމުކޮށް އެމީޓިންތަކުގެ ޔައުމިއްޔާތައް ލިޔެވި ފައިލް ކުރުމުގެ މަސައްކަތްކުރުން
  14. މަތީގައިވާ ކަންތައްތަކުގެ އިތުރުންވެސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ނޮވެމްބަރު 07 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-293

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއި އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ.
30 އޮކްޓޫބަރު 2022