ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2022/26
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 06 ނޮވެންބަރު 2022 12:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް

މަޤާމު:

ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް

މަޤާމުގެ ނަންބަރު:

J-364613

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ކ. މާލެ

 

 

މަޤާމުގެ ރޭންކާއި ޕަބްލިކް ސަރވިސް ރޭންކާއި މަޤާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސާއި ހާޒިރީ އިނާޔަތާއި ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާ:

މަޤާމް

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް

ޝަރުޠު

މަގާމުގެ އަސާސީ މުސާރަ

މަގާމުގެ އެލަވަންސް

ހާޒިރީ އިނާޔަތް

ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް

ރޭންކް 1، ސްޓެޕް 1

ރޭންކް 8

-        މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

-/12753ރ

-/5951ރ

-/161ރ

ސީނިއަރ ކަރިކިޔުލަމް ޑިވެލޮޕްމަންޓް އެނަލިސްޓް

ރޭންކް 2، ސްޓެޕް 1

ރޭންކް 9

-        މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމާއި މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

-        އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް، ރޭންކް 1ގައި 4 އަހަރު ޚިދުމަތް ކޮށްފައިވުން

-/14886ރ

-/6947ރ

-/188ރ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ސާނަވީ މަރުޙަލާގައި މާއްދާތަކުން ފާސްނުވާ ކުދިން ސްކޫލް ނިމުމުން ކިޔެވޭނެ ފުރުޞަތު ހޯދައިދިނުން
  2. އޯލެވެލް ފެންވަރަށް ކިޔަވަން ބޭނުންވާ މީހުންނަށް އިތުރު ފުރުޞަތު ލިބިދޭފަދަ ޕްރޮގްރާމްތައް ރާވާ ހިންގުން
  3. ރާއްޖޭގައި ސާނަވީ ފެންވަރަށް ކިޔެވުމުގެ ފުރުޞަތު ލިބިފައިނުވާ މީހުންނަށް ކިޔެވުމުގެ ދެވަނަ ފުރުޞަތު ލިބޭފަދަ ބްރިޖިންގ ޕްރޮގްރާމްތައް ރާވާ ހިންގުން
  4. ސްކޫލަކަށް ކިޔަވަން ދިޔުމުގެ ފުރުޞަތު ލިބިފައިނުވާ ކުދިންނަށް ކިޔެވުމުގެ މަގު ތަނަވަސްކޮށް ދިނުމުގެ ގޮތުން މަސައްކަތްތެރި ޕްރޮގްރާމްގެ ތެރެއިން ކިޔެވުމުގެ ފުރުޞަތު ހޯދާ ދިނުމަށް މާލެއާއި އަތޮޅުތަކުގައި ޕްރޮގްރާމްތައް ރާވައި ހިންގުން
  5. މާލެއާއި އަތޮޅުތަކުގައި ބެލެނިވެރިންނަށް އައު ކަރިކިޔުލަމަށް އަހުލުވެރިކުރުވުމުގެ ފަންނީ ކުރިއެރުވުމަށް މަސައްކަތު ބައްދަލުވުން ހިންގުން
  6. މާލެއާއި އަތޮޅުތަކުގައި ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމުގެ ޤާބިލުކަން މުދައްރިސުންނަށް އިތުރުކުރުމުގެ ޕްރޮގްރާމް ރާވާ ހިންގުން
  7. އަތޮޅުތަކުގެ ސްކޫލްގެ ބެލެނިވެރިން އައު ކަރިކިޔުލަމަށް އަހުލުވެރި ކުރުމުގެ ވާރކްޝޮޕްތައް އިންތިޒާމުކޮށްގެން ހިންގުމާއި ވިލަރެސް ކުރުން
  8. އަތޮޅުތަކުގެ ބްރިޖިންގ ޕްރޮގްރާމް ހިނގާނުހިނގާގޮތް ބަލަމުން ގެންދިއުމާއި ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް ހެޔޮ ބަދަލު ގެނައުން
  9. ބްރިޖިންގ ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ބައިވެރިން ހޮވައި ކްލާސްތައް ފެށުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުން
  10. ބްރިޖިންގ ޕްރޮގްރާމަށް ކިޔަވައި ދިނުމަށް ކަނޑައަޅާ މުދައްރިސުންނަށް ބޭނުންވާ ފޮތާއި ރިފަރެންސް މެޓީރިއަލްސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  11. ބްރިޖިންގ ޕްރޮގްރާމްގެ ކްލާސްތަކުގައި ކިޔަވައިދޭ މުދައްރިސުންނަށް ޤަވާޢިދާއި ފެންވަރު ބަލަން ކަނޑައެޅިފައިވާ އުޞޫލުތަކުގެ މަޢުލޫމާތު ދިނުން
  12. މި އިންސްޓިޓިއުޓްގެ ކޯސްތަކާއިބެހޭ އެކިއެކި ކަންކަމުގައި އަންނަ ފަރާތްތަކަށް މަގު ދައްކައި އަވަސް ޚިދުމަތް ފޯރުކޮށްދިނުމަށް އެހީވެދީ މެހުމާންދާރީ އަދާކުރުން
  13. މުދައްރިސުންނަށް އައު ކަރިކިޔުލަމާއި އެއްގޮތަށް ކިޔަވައި ދިނުމުގެ ޒަމާނީ އެހީ ތައްޔާރު ކުރުމުގެ ވާރކްޝޮޕް ރާވާ ހިންގުން
  14. އަސާސީ ތަޢުލީމުގެ ދަށުން ކިޔަވައިދޭނެ ތަފާތު އެހީ ތައްޔާރު ކުރުމުގެ ވަރކްޝޮޕްތައް ރޭވުން

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް

ކަރިކިއުލަމް އެންޑް އިންސްޓަރަކްޝަން، ކަރިކިޔުލަމް އެންޑް އިންސްޓްރަކްޝަނަލް ޓެކްނޯލޮޖީ، ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން، ކަރިކިއުލަމް ސްޓަޑީޒް، ޓީޗިންގ، އެޑިޔުކޭޝަނަލް ލީޑަރޝިޕް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، ޓީޗަރ ލީޑަރޝިޕް، ޗޭންޖިންގ އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، އިންކްލޫސިވް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ޓްރާންސްފޯމޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ސްޕެޝަލް އެޑިޔުކޭޝަން. އެޑިޔުކޭޝަން ޕޮލިސީ، އެޑިޔުކޭޝަން މެނޭޖްމަންޓް، އެޑިޔުކޭޝަނަލް އެޑްމިނިސްޓްރޭޝަން، ސްކޫލް އެޑްމިނިސްޓްރޭޝަން، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލީޑަރޝިޕް

ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާއާއި

 

ޕްރީ ސްކޫލެއް، ޕްރައިމަރީ ސްކޫލެއް، ސެކެންޑަރީ ސްކޫލެއް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލެއްގައި ކިޔަވައި ދިނުން

މަސައްކަތު ތަޖުރިބާ

ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ މަތީ ތަޢުލީމާ ގުޅޭ މަސައްކަތްތައް ކުރާ ސަރުކާރުގެ އިދާރާއެއްގެ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިދާރާގެ ވެބްސައިޓުންނާއި https://www.nie.edu.mv/index.php/en/home-nie/forms/job-application-forms ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ

އަސާސީ ޝަރުޠު ހަމަވުން

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ، ރޭންކް 1ގެ ޝަރުޠު ފުރިހަމަވުން

25

 

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ، ރޭންކް 2ގެ ޝަރުޠު ފުރިހަމަވުން

30

ތަޖުރިބާ

އަސާސީ ޝަރުޠުގައި ބަޔާންކުރާ "ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި" މަސައްކަތްކޮށްފައިވާ މުއްދަތަށްވުރެ އިތުރުވާ ތަޖުރިބާ

5

 

އަސާސީ ޝަރުޠުގައި ބަޔާންކުރާ "މަޤާމުގެ މަސައްކަތުގެ ދާއިރާގެ ތަޖުރިބާ"ގެ މުއްދަތަށްވުރެ އިތުރުވާ ތަޖުރިބާ

5

އިންޓަރވިއު

35

ޕްރެކްޓިކަލް

25

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022ވަނަ އަހަރުގެ ނޮވެމްބަރު 06ވާ އާދިއްތަ ދުވަހުގެ 12:30 ގެ ކުރިން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5ވަނަ ފަންގިފިލާގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ލިޔެކިޔުންތައް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި (އަސާސީ ޝަރުޠު ހަމަކުރުމަށް ތަޖުރިބާގެ މުއްދަތު ބޭނުންވާނަމަ، އެ މުއްދަތު އުނިކުރުމަށްފަހު)، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެކްޓިކަލް އޮންނާނީ، 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10ވަނަ ދުވަހާއި 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 14ވަނަ ދުވަހާއި ދެމެދުގައެވެ. ޕްރެކްޓިކަލް އަދި އިންޓަރވިއު ކުރިއަށް ގެންދެވޭނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5ވަނަ ފަންގިފިލާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3023503 ނުވަތަ 3323242އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

 

އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/Policy/Index/86)) އިން ލިބެން ހުންނާނެއެވެ.


05 ރަބީޢުލްއާޚިރު 1444

30 އޮކްޓޫބަރު 2022