ދިވެހިރާއްޖެ
ތިރީގައި ދެވިފައިވާ މަޢުލޫމާތަށް ބައްލަވައިގެން މިކައުންސިލަށް 2 ރަށު ޕިކަޕް ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، ދެވިފައިވާ މައުލޫމާތާއި އެއްގޮތަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އުޅަނދުގެ ބާވަތް: ބެޓަރީ ޓްރައިސައިކަލް
އުޅަނދުގެ ބޮޑުމިން: 2850x1000x1700mm
އުފުއްލޭ ބަރުދަން: 1500kg
މޯޓަރުގެ ކެޕޭސިޓީ: 60CC
އިތުރު މަޢުލޫމާތު: އުޅަނދުވާން ވާނީ ދުއްވާ މީހާ އިށީންނަބައި ހިޔާ ކުރެވިފައިވާ އުޅަނދަކަށެވެ. އަދި އުޅަނދަށް ވޮރެންޓީއެއް ދޭންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 01 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:15 ގައި ތިރީގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އުޅަނަދު ސަޕްލައި ކުރުމުގެ އަގާއި ރަޖިސްޓްރީކޮށްދިނުމުގެ އަގު އެނގޭނޭ ގޮތަށް މުއްދަތާއި އެކުގައެވެ.
މަސައްކަތް ޙަވާލުކުރުމަށް މާކްސް ދެވޭނޭ ގޮތް:
އަގަށް: %80
މުއްދަތަށް:
ވޮރެންޓީ އަށް: %5
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.