ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2022/255
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 19:48
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޯޓާ ދޫކުރުމާ ގުޅޭ

އިޢުލާން

ކޯޓާ ދޫކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޯޓާ ދޫކުރުމުގެ ނިޒާމަށް ބަދަލުތަކެއްގެނެސް، ކޯޓާއަށް އެދޭ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތްތަކެއްގެ މަތިން ކުރިއަށް ދެވޭނެ އިންތިޒާމްތައް މިދަނީ ހަމަޖައްސަމުންނެވެ.

 މިގޮތުން މިހާރު އަމަލުކުރަމުންދާ ކޯޓާ ދޫކުރުމުގެ އުސޫލަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ތަންފީޒުކުރުމަށް ހަމަޖެފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އަދި ފުރަތަމަ މަރުހަލާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސައިޓް" ރެޖިސްޓްރޭޝަން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުން 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުން ފެށިގެން އެކްސްޕެޓް ސިސްޓަމްގައި ފުރިހަމަކުރަންވާނެއެވެ.   

"ސައިޓް" ރަޖިސްޓަރ ކުރާނެ ގޮތާއި އައު ކްލެސިފިކޭޝަން އަދި ރިކުއަރމެންޓްއާއި ގުޅޭ ތަފްސީލީ މައުލޫމާތު އެކްސްޕެޓް ސިސްޓަމްގެ ހޯމް ޕޭޖްގައި 03 އޮކްޓޯބަރ 2022 ވަނަ ދުވަހު އާންމުކުރެވިފައިވާ "ސައިޓް ޔޫސަރ ގައިޑް" އިން ލިބިގެންދާނެކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުކުރެއްވުމަށް މި މިނިސްޓްރީގެ ހޮޓްލައިން 1500 ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

26 އޮކްޓޫބަރު 2022