ދިވެހިރާއްޖެ
އެމްޓީސީސީގެ ހޮޕާ ސަކްޝަން ޑްރެޖަރ – މަހާޖައްރާފު އަށް ބޭނުންވާ އިންޝުއަރެންސް ކަވަރ 2 އަހަރުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| 
 ތަފްސީލު  | 
 ތާރީޚް  | 
 ދުވަސް  | 
 ވަގުތު  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 02 ނޮވެމްބަރ 2022  | 
 ބުދަ  | 
 10:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 09 ނޮވެމްބަރ 2022  | 
 ބުދަ  | 
 10:00  | 
މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.