ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)133-AS/133/2022/41
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 17:11
ސުންގަޑި: 31 ޑިސެންބަރު 2022 00:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
އައިޑީ ކާޑުގެ ޚިދުމަތް ދިނުމާއި ބެހޭ

ޢާންމު ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތް އަވަސްކުރުމުގެ ގޮތުން، ސަރވިސް ކައުންޓަރތަކުގެ މަސައްކަތް 06 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން މި ދަންނަވާ ގޮތަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

ގަޑި

ޚިދުމަތް

08:00 އިން 10:30

އޮންލައިން އެޕްލިކޭޝަން ހެދުމާއި، އެޕްލިކޭޝަން ތަކުގައި ދިމާވެފައިވާ މައްސަލަތައް އެފަރާތަކަށް އެންގުމާއި އަދި ކާޑުބަލާ އައުމަށް އެޕްއިންޓްމަންޓް ފޮނުވުމުގެ މަސައްކަތް ކުރުން

10:30 ފެށިގެން

އައިޑީ ކާޑު ދޫކުރުން

 

އަދި އައިޑީކާޑު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހެނދުނު 10:30 ން ފެށިގެން ކުރިންވެސް ނަންބަރު ދޫކުރާ އަދަދު (400) ނަންބަރެވެ.

ނަމަވެސް ޚާއްޞަ ޙާލަތްތަކުގައި ކާޑު ހައްދަން އެދޭ ފަރާތްތަކާއި، ކާޑު ނަގަން ބޭނުންވާ ފަރާތްތަކާއި 10 އަހަރު ފުރިގެން ކާޑު ހައްދަން އެދޭ ފަރާތްތަކަށް ޚިދުމަތް ދިނުން ހެނދުނު 08:30 ން ފެށިގެން ކުރިއެކޭ ވެސް އެއްގޮތަށް ކުރިއަށްދާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮކްޓޫބަރު 2022