ތަމްރީނު
ނަންބަރު: 171-WPM/IUL/2022/120
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 31 އޮކްޓޫބަރު 2022 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް

ކޯހުގެ ނަން: ޑިޕްލޮމާ އިން ސެކިއުރިޓީ އެންޑް ރިސްކް މެނޭޖްމަންޓް 

ކޯސް ހިންގާ ފަރާތް: ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް

ކޯސް ހިންގާ ތަން: ކ.މާލެ

ކޯހުގެ މުއްދަތު: 12 މަސް

ކޯސް ހިންގޭ ތާރީޙް: 2023 ފެބްރުއަރީ އިން ފެށިގެން 12 މަސްދުވަސް

ޖާގައިގެ އަދަދު: 10 ޖާގަ

ކޯސް ފީ: 

-/18،000 (12 މަހަށް ބަހާލައިގެން މަހަކަށް -/1،500 ރުފިޔާ)

ޝަރުތު:

- ޖެނެރަލް ކްރައިޓީރިޔާ:

ޖީ.ސީ.އީ އޭ ލެވެލް ފުރިހަމަކޮށްފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުންު. 

އަލްޓަނޭޓިވް ކްރައިޓީރިޔާ:

- ނުގެޅޭ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 4 ފުރިހަމަކޮށްފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވާރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން. ނުވަތަ 20 އަހަރު ފުރި،ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަކޮށް،ގުޅޭ ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރޮޓީއިން ޤަބޫލުކުރާ ޔުނިވާރސިޓީ ޕްރެފަރޭޝަން ޕްރޮގްރާމެއް ފުރިހަމަވާ ފަރާތްތަކަށް،ޑިޕްލޮމާ ކޯސް ފެށުމުގެ ކުރިން ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.

މޮޑިއުލް:

  • ސްޓަޑީ ސްކިލްސް
  • ރިސްކް އެންޑް އެމަޖެންސީ ޕްރިޕެއާރޑްނެސް
  • ލީޑާރޝިޕް ފޯރ ސެކިޔުރިޓީ ޕްރޮފެޝަނަލަސް
  • ލޯ
  • އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ
  • މެނޭޖިންގ ސެކިޔުރިޓީ އޮޕަރޭޝަންސް
  • ސެކިޔުރިޓީ ރިސްކް މެނޭޖްމަންޓް
  • ސެކިޔުރިޓީ އޮފް އެސެޓްސް

އިތުރު މައުލޫމާތު: 

މި ކޯހުގެ ޝަރުތުތަކުގެ ތެރެއިން ޔުނިވަރސިޓީ ޕްރެފަރޭޝަން ޕްރޮގްރާމް ފުރިހަމަކޮށްފައިވުން ފިޔަވާ އެހެން ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް، ޑިޕްލޮމާ ކޯސް ފެށުމުގެ ކުރިން 2022 ނޮވެމްބަރު މަހުގެ ތެރޭގައި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ފަރާތުން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

- މި ކޯހަށް ހޮވޭ ފަރާތްތަކުން ކޯހުގެ ފީއެއްގް ގޮތުގައި ކޮންމެ ބައިވެރިއަކު، ޖުމްލަ -/18،000 (އަށާރަހާސް ރުފިޔާ)، މަހަކު -/1،500 (އެއްހާސް ފަސްސަތޭކަ ރުފިޔާ) 01 އަހަރުގެ މުއްދަތަށް ދައްކަން ޖެހެއެވެ. އަދި ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ ފަރާތްތައް ޑިޕްލޮމާ ކޯހުގެ އިތުރުން ޔުނިވަރސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމުގެ ޖުމުލް ފީގެ ގޮތުގައި -/1،500 (އެއްހާސް ފަސްސަތޭކް ރުފިޔާ) ދައްކަން ޖެހެއެވެ.

- މި ކޯހަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައިވާނެއެވެ.

 

ސުންގަޑި:

- ކޯހަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ކޯސް އެޕްލިކޭޝަން ފުރުމަށްފަހު އީމެއިލްގެ ޒަރީއާއިން މި ކޮލެޖުގެ އީ-މެއިލް އެޑްރެސް [email protected] އަށް 2022 އޮކްޓޯބާރ 31  ވަނަ ދުވަހުގެ 16:00 ގެ ކުރިން ފޮނުއްވުން އެދެމެވެ.

ނޯޓް: މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ގުޅުއްވާނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ވަޙީދު (ފޯން ނަންބަރ: 9990379) އާއި ގުޅުއްވުން އެދެމެވެ.

01 ރަބީޢުލްއާޙިރު 1444

26 އޮކްޓޫބަރު 2022