ބީލަން
ނަންބަރު: (IUL)342/INDIV/2022/124
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 24 ނޮވެންބަރު 2022 11:00
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތެޔޮ ޝެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ބީލަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

މިރަށު ދެފަށްތޮށިން 1000 އަކަފޫޓްގެ 2 ބިމުގައި  (ތެޔޮ ބިން 1 އަދި ތެޔޮ ބިން 2) ތެޔޮ ޟެޑް އިމާރާތްކޮށް ވިޔަފާރި ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 10 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • މި ބީލަމުގައި ބައިވެރިވެ ވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ. ނުވަތަ އަމިއްލަ ފަރުދެއްނަމަ، އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ.
  • މި ބީލަން ބައްލަވާ ގަނެވޭނީ -/1000 ރުފިޔާއަށެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަން ބައްލަވާ ގަންނަ ފަރާތްތަކަށެވެ.
  • 2 ބިމަށް ބީލަން ބައްލަވާ ގަންނަ ނަމަ، ވަކި ވަކިން 2 ބިމަށް ބީލަމަށް ރަޖިސްޓްރީކޮށް ބީލަން ބައްލަވާ ގަންނަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 13 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ 13:15ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަންވެރިންނަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 20 ނޮވެމްބަރު 2022 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 24 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ ކޮންމެ ބިމަކަށް 1 ބީލަމެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • 2 ބިމަށް 1 ފަރާތަކަށް އެވަލުއޭޝަންއިން އެންމެ މަތީ މާކްސް ލިބިއްޖެނަމަ، ކޮންމެވެސް 1 ބިމެއް ނެގުމުގެ ފުރުޞަތު އެފަރާތަކަށް ދެވޭނެއެވެ.

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            01 ރަބީޢުލްއާޚިރު 1444

              26 ނޮވެމްބަރު 2022

26 އޮކްޓޫބަރު 2022