ދެންނެވުން
ނަންބަރު: 2022/27
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:24
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އެގްޒެކެޓިވް މަޤާމުތަކަށް ދޭ އިމްތިޙާނުގެ "ވެލިޑީޓީ" އާ ގުޅޭ

ސިވިލް ސަރވިސްގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ އިމްތިޙާނެއް ފުރިހަމަކޮށްފައިވާ ފަރާތްތައް، އެ ފެންވަރުގެ އެހެން މަޤާމަކަށް ކުރިމަތިލާނަމަ، އިޢުލާނުގެ މުއްދަތު ހަމަވި ތާރީޚާ ހަމައަށް ވޭތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި އިމްތިޙާނު ފުރިހަމަކޮށްފައިވާނަމަ، އިމްތިޙާނުގައި ކޮންމެހެން ބައިވެރިވާން ނުޖެހޭނެއެވެ. އަދި އެ އިމްތިޙާނުގެ ނަތީޖާ ބޭނުންކުރެވިދާނެ ކަމުގައިވެސް ދަންނަވަމެވެ. އެހެން ނަމަވެސް، ކެނޑިޑޭޓް ބޭނުންވާ ހާލަތުގައި އަލުން އިމްތިޙާނުގައި ބައިވެރިވުމަކަށް ހުރަހެއް ނެތްކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް، ހުރިހާ ފަރާތްތަކަށް އެންގީމެވެ.

 

26 އޮކްޓޫބަރު 2022