މަސައްކަތް
ނަންބަރު: MNU-CA-PR/2022/01
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 14 ނޮވެންބަރު 2022 10:30
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހިތަދޫ ކެމްޕަސް ލައިބްރަރީ އަދި ވާރކްޝޮޕް ބިލްޑިނގްގެ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިއު ހަދައިދިނުން

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަސް ލައިބްރަރީ އަދި ވާރކްޝޮޕް ބިލްޑިނގްގެ ކުރެހުންތައް މި ޔުނިވަރސިޓީއިންދޭ ކޮންސެޕްޓަކާއި އެއްގޮތަށް ތައްޔާރުކޮށް ބީއޯކިއު ހަދައިދިނުމާއި އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 07 ނޮވެންބަރު 2022 ވާ ހޯމަ ދުވަހުގެ 10:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް މިއިޢުލާނާއި އެކުގައިވާނެއެވެ.  ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 14 ނޮވެންބަރު2022 ވާ ހޯމަ ދުވަހުގެ 10:30ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ހިތަދޫ ކެމްޕަސް ލައިބްރަރީ އަދި ވާރކްޝޮޕް ބިލްޑިނގްގެ ކުރެހުންތައް ތައްޔާރުކޮށް ބީއޯކިއު ހަދައިދިނުން" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. އިސްވެދެންނެވިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  6. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 10 ނޮވެންބަރު 2022 އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

 

 

1 ރަބީޢުލްއާޙިރާ 1444 ހ.

26 އޮކްޓޫބަރު 2022