ދެންނެވުން
ނަންބަރު: (IUL)409/409/2022/75
ޕަބްލިޝްކުރި ތާރީޚް: 26 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 10 ނޮވެންބަރު 2022 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލިއޯ ޓްރޭޑިންގ އުމްރާ ދަތުރުގެ ފުރުޞަތަށް ހުޅުވާލުން

             އިއުލާން

 ލިއޯ ޓްރޭޑިންގ އުމްރާ ދަތުރުގެ ފުރުޞަތަށް ހުޅުވާލުން

  ކުރީ އަހަރެކޭ އެއްގޮތަށް 1444 ވަނަ އަހަރު ވެސް ލިއޯޓްރޭޑިންގ ކުންފުނީގެ ޚަރަދުގައި ގއ. ނިލަންދޫގެ ރައްޔިތުންގެ ތެރެއިން ކޮންމެވެސް އެއް ފަރާތް އުމްރާއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގެ އެންމެހާ އިންތިޒާމްތަކާއި، ދާނެ ފަރާތް ކަނޑައެޅުން ލިއޯޓްރޭޑިންގ އިން ވަނީ މިކައުންސިލާއި ހަވާލުކޮށްފައެވެ.

 ވީމާ، މިއަހަރު އުމްރާއަށް ލިއޯޓްރޭޑިންގ ކުންފުނީގެ އެހީގެ ދަށުން ދިއުމަށް ބޭނުންވާ ފަރާތްތަކުން، އެކަން ބަޔާންކޮށް 10 ނޮވެމްބަރ 2022 ވާ ބްރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.

 އެހީގެ ދަށުން މި އުމްރާއަށް، ދިއުމަށް ހޮވޭ ފަރާތާއެކު އެހީތެރިއެއް ނުވަތަ މަޙްރަމެއް ދާންޖެހޭނަމަ އެކަމެއް ހަމަޖައްސާނީ ހޮވޭފަރާތުން އަމިއްލައަށް ކަމުގައި ދަންނަވަމެވެ. އަދި އުމްރާ ދަތުރަށް އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކުން އިޢުލާނުގައިވާ މުއްދަތުތެރޭގައި ސިޓީ ހުށަޅައިފިނަމަ، އުމްރާއަށް ޝަރުތުހަމަވާ ފަރާތްތައް ކަނޑައަޅާނީ މިކައުންސިލުން އެކަމަށް އައްޔަންކުރެވޭ ކޮމެޓީއަކުންނެވެ. ޝަރުތު ހަމަވާ ފަރާތްތައް އެކަކަށްވުރެ ގިނަ ނަމަ އުމްރާއަށް ދާނެ ފަރާތެއް ކަނޑައަޅާނީ ގުރުއަތަކުންނެވެ. މި އާއެކު "ޙައްޖު/ޢުމްރާ އަޅުކަމަށް މީހުން ފޮނުވުމުގެ އުސޫލު" އާންމުކުރަމެވެ.   

މިހެންވެ މިކަން އާންމުކޮށް މިކަން އަންގައި އިޢުލާންކުރީމެވެ.

                     01   ރަބީޢުލްއާޚިރު   1444

26 އޮކްޓޫބަރު 2022