މަސައްކަތް
ނަންބަރު: (IUL)460/460/2014/1023
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 13 ނޮވެންބަރު 2014 10:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
ވެބްސައިޓެއް ތަރައްޤީކުރަން

ވެބްސައިޓެއް ތަރައްޤީކުރަން ބޭނުންވެއްޖެ

މިހާރު މިއޮފީހުން ފަރުމާކޮށްފައިވާ ވެބްސައިޓް އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ފަންނީ ލަފާ ދިނުމަށާއި އިތުރު ވެބްސައިޓެއް ފަރުމާކުރަން ޖެހިއްޖެ ޙާލަތެއްގައި ފަރުމާކުރުމަށް ފުރުޞަތު ހުޅުވާލައިފީމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބާއެކު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

އޮފީސް: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
     ހަނދުވަރީ ހިނގުން
     ފޯން:  3010990
     ފެކްސް: 3010959

17 މުޙައްރަމް 1436

10 ނޮވެންބަރު 2014