މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2014/139
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 13 ނޮވެންބަރު 2014 11:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަގު ކޮންނާނެ ފަރާތެއް ހޯދުމާބެހޭ

ނ. މަނަދޫ 15 ހައުސިންގ ޔުނިޓަށް ނަރުދަމާ ގުޅައިދިނުމަށް މަގު ކޮންނާނެ ފަރާތެއް ހޯދުމާބެހޭ

ނ. މަނަދޫގެ 15 ހައުސިންގ ޔުނިޓަށް ނަރުދަމާ ގުޅައިދިނުމަށްޓަކައި އަޅަންޖެހޭ ހޮޅި އެޅުމަށް ބޭނުންވާ ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ. މަނަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 11:00ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ. މަނަދޫ ބްރާންޗަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލޭގައިހުންނަ ހެޑްއޮފީހާއި ނ. މަނަދޫ ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

17 މުޙައްރަމް 1436

10 ނޮވެންބަރު 2014