މަސައްކަތް
                	
                ނަންބަރު: (IUL)1-FA(B)/1/2014/74
                    ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2014
                    ޕަބްލިޝްކުރި ގަޑި:  16:44
                    
                ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ފޯލްޑަރު ހައްދަވައި ދެއްވާނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނު ބާޠިލް ކުރުން
                                މިއޮފީހުގެ ބޭނުމަށް ލެދާރ ފޯލްޑަރު ހައްދަވައިދެއްވާނެ ފަރާތެއް ހޯދުމަށް، ކުރި މިއޮފީހުގެ ނަންބަރު (IUL)1-FA(B)/1/2014/67 (29 ސެޕްޓެންބަރު 2014 ) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ތެރެއިން، މި މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތުން މަސައްކަތް ކުރެވެންނެތް ކަމަށް މިއޮފީހަށް އެންގެވުމުން، އަލުން އިޢުލާނުކޮށްގެން މަސައްކަތް ޙަވާލުކުރާނެ ފަރާތެއްހޯދައި، މަސައްކަތް ޙަވާލުކޮށްގެން، މި ތަކެތި ބޭނުންވާ ތާރީޚަށް މިއޮފީހަށް ގެނެސްދެވޭނެ ވަގުތު ނެތުމުން އެ އިޢުލާން ބާޠިލު ކުރަމެވެ.
16 މުޙައްރަމް 1436
                09 ނޮވެންބަރު 2014