ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355/355/2022/5
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 07 ޑިސެންބަރު 2022 00:13
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ެފެންފުށީ ޒުވާނުންގެ ކުޅިވަރު މުބާރާތް

      2022 ވަނަ އަހަރު މިރަށުގެ ކަނބަލުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތް އަދި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

 

      މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ފުރިހަމަކުރެއްވުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބެއިވެރިވުމަށް އެދޭ ފޯމާއި ޓީމްލިސްޓް ފޯމެޓް ރަސްމީ ގަޑިތަކު މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަނނަވާނެ ވާހަކަ ދަންނަވަމެވެ.

  • ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތް ބައިވެރި ވުމަށް ހުށަހެޅޭނެ އެނެމެފަހު ތާރީހަކީ 22 ނޮވެންބަރު 2022 ދުވަހުގެ 13:30.
  • ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް ބައިވެރި ވުމަށް ހުށަހެޅޭނެ އެނެމެފަހު ތާރީހަކީ 07 ޑިސެންބަރު 2022 ދުވަހުގެ 13:30.

      މި ދެމުބާރާތުގައި ކުޅެވޭނީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަށް 15 އަހަރު ފުރިފައިވާ މިރަށުގެ ރައްވެހިންނާއި، މިރަށުގެ ރައްވެހިންނާއި ކައިވެނިކޮށްގެން މިރަށުގައި ދިރިއުޅޭ ފަރާތްތަކަށެވެ. މިރަށުގެ ރައްވެސްސަކާ ކައިވެނިކޮށްގެން އުޅޭ ފަރާތެއްގެ އާއިލާ މިރަށުގައި ދިރިއުޅެފައި އެފަދަ ފަރާތެއް އެހެންރަށެއްގައި ވަޒީފާ އަދާކުރުމަށް އުޅެމުންދިޔަނަމަވެސް ބަލާނީ އެއީ މިރަށުގައި ދިރިއުޅޭ ފަރާތެއްގެ ގޮތުގައެވެ. މިއިއުލާނާއެކު ފެންފުށީ ޒުވާނުންގެ ހޭންޑްބޯލް މުބާރާތް – 2022 ގެ ގަވާއިދު އަދި ފެންފުށީ ޒުވާނުންގެ ފުޓްސެލް މުބާރާތް – 2022 ގެ ގަވާއިދު އާންމުކުރަމެވެ.

      ވީމާ މިކަން އާނމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

25 އޮކްޓޫބަރު 2022