މަސައްކަތް
ނަންބަރު: (IUL)164-PRO/1/2022/121
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 06 ނޮވެންބަރު 2022 10:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި ހަރުކޮށްފައިވާ 02 ލިފްޓް ސަރވިސްކޮށް މެއިޓަނަންސް ކުރާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި ހަރުކޮށްފައިވާ 02 ލިފްޓް ސަރވިސްކޮށް މެއިޓަނަންސް ކުރާނެ ފަރާތެއް ހޯދުމަށް  ބޭނުންވެއްޖެއެވެ.  މި މަސައްކަތުގެ "ބީލަން ފޮތް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.

ޕްރީބިޑް ބައްދަލުވުން

މި މަސައްކަތާއިގުޅޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 11:00 އެވެ. އަދި އެއްވެސް ސަބަބަކާ ހެދި މިދުވަސް (31 އޮކްޓޯބަރ 2022) ބަންދު ނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު 11:00 ގައެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ)  ދުވަސް އޮންނަންވާނެއެވެ.

 ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 06 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 06 ނޮވެމްބަރ 2022ވާ އާދީއްތަ ދުވަހުގެ 10:10 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި އެއްވެސް ސަބަބަކާ ހެދި މިދުވަސް ( 06 ނޮވެމްބަރ 2022) ބަންދުނަމަ، ޖެހިގެން އަންނަ ރަސްމީ ދުވަހު 10:10 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ޙާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ޙާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރާނީ 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހު 11:00 ގެ ކުރިން [email protected] އަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށައެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހު 13:30 ގައި ޝާޢިއު ކުރެވޭނެއެވެ. އަދި އެފަރާތަށް މެއިލް ކުރެވޭނެއެވެ.

އީމެއިލް އެޑްރެސް:[email protected]

ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.

ބީލަމުގެ ނަން:

އިޢުލާނު ނަންބަރު: 

ބީލަން ހުށަހަޅާ ފަރާތުގެ ނަން:

25 އޮކްޓޫބަރު 2022