ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 އޮކްޓޫބަރު 2022 12:26 ގައި ބާތިލް ކުރެވިފައެވެ.
އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު
މިކޯޓު އިމާރާތުގެ ލައިޓްތައް ބަދަލުކޮށްދިނުމާއި، ލައިޓްތަކުގެ ކަރަންޓު ވަޔަރިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
މިކޯޓުގައި މިހާރު ހުރި ލައިޓްތައް ބަދަލުކޮށް، އައު ލައިޓް ހަރުކުރުމާއި، ލައިޓްތަކުގެ ކަރަންޓް ވަޔަރިންގގެ މަސައްކަތް އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 07 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މިކޯޓުގެ ނަންބަރު 6640338 / 6640069 އަށް ގުޅުއްވާ ނަންނޯޓު ކުރެއްވުން އެދެމެވެ. ނުވަތަ ކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 10 ނޮވެމްބަރ 2022
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: މާލެއަތޮޅު ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު
އަދި ނަންނޯޓު ކުރައްވާފައިނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640338/6640069 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
29 ރަބީޢުލްއައްވަލް 1444
25 އޮކްޓޯބަރ 2022
- · މިކޯޓުގެ ނަންބަރު H4C-A/ 2022/14ޢިއުލާނާއި ގުޅިގެން އެސްޓިމޭޓް ހުށަހެޅުއްވި ފަރާތްތަކުން މިމަސައްކަތައް އެކަށީގެންވާ އަގަށް ވުރެ ބޮޑު އަގެއް ހުށަހަޅުއްވާފައިވާތީ އެއިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރީމެވެ.
- · މިމަސައްކަތަށް ބޭނުންވާ މައުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުޅަހަޅާ ޝީޓް މި އިއުލާނާއެކު އެޓޭޗްކުރެވިފައި ވާނެކަމުގައި ދަންނަވަމެވެ.