ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-m/INDIV/2022/26
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތް ސޯލަރ ކުރުމާއި ގުޅޭ

އިޢުލާން

ހުކުރު މިސްކިތް ސޯލަރ ކުރުމާއި ގުޅޭ

                  ގއ.ކޮލަމާފުށީ މަސްޖިދުއްޝައިޙް އާދަމް ސަޢީދު (ހުކުރު މިސްކިތް) އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ، މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސަކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

31 އޮކްޓޯބަރ 2022

ހޯމަ ދުވަހުގެ  13:00

އަންދާސީ ހިސާބު ހުށަހެޅުން

13 ނޮވެންބަރ  2022

އާދީއްތަ ދުވަހުގެ 13:00

 

                     މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ  ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017  އަށް ގުޅުއްވުން އެދެމެވެ.        

                     ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                              29 ރަބީޢުލްއައްވަލް 1444

                              25 އޮކްޓޫބަރ 2022

25 އޮކްޓޫބަރު 2022