ދިވެހިރާއްޖެ
އިޢުލާން
އޮފީސް ފަރުނީޗަރ ގަތުމާއި ބެހޭ
ގއ.ކޮލަމާފުށީ ކައުންސިލް އިދާރާއަށް ތިރީގައިވާ ސްފެސިފިކޭޝަންގެ ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެއެވެ.
ޢަދަދު |
ތަފްސީލް |
05 |
ވޯކިންގ ސްޓޭޝަން |
17 |
ލޯ ބެކް ޗްއަރ |
04 |
ހައި ބެކް ޗެއަރ |
01 |
މީޓިންގ ރޫމް ޓޭބަލް (ބޮޑު) |
01 |
މީޓިންގ ރޫމް ޓޭބަލް (ކުޑަ) |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
01 ނޮވެންބަރ 2022 |
އަންގާރަ ދުވަހުގެ 13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
14 ނޮވެންބަރ 2022 |
ހޯމަ ދުވަހުގެ 13:00 |
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ރަބީޢުލްއައްވަލް 1444
25 އޮކްޓޫބަރ 2022