ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-CE/141/2022/298
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 10 ނޮވެންބަރު 2022 12:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ސިވިލް ސޮސައިޓީ އެވޯޑް 2021

                                        އިޢުލާން

ސިވިލް ސޮސައިޓީ އެވޯޑް 2021          

މިއީ ދިވެހިރާއްޖޭގެ ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްޢިއްޔާތަކުން ރާއްޖޭގެ މުޖުތަމަޢު ބާރުވެރި ކުރުމުގެގޮތުން ހިލޭ ސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްޢިއްޔާތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިނުމަށް ކަނޑައެޅިފައިވާ އިނާމެކެވެ. މި އިނާމު ދިނުމުގެ މަޤުޞަދަކީ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަ ކުރުމެވެ. އަދި މި އިނާމަކީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްޢިއްޔާއެއް ނިސްބަތްވާ މުޖުތަމަޢުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރި އެރުވުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްޢިއްޔާތަކަށް ދެވޭ އިނާމެކެވެ. މަދަނީ ޖަމްޢިއްޔާތަކުގެ އިނާމް ލިބޭ ފަރާތްތަކަށް، ޖަމްޢިއްޔާތަކަށް ދެވޭ ޚާއްޞަ އެވޯޑާއި، ސެޓްފިކެޓް ހިމެނެއެވެ.  

           ވީމާ، "ސިވިލް ސޮސައިޓީ އެވޯޑް" އަށް ނަން ހުށަހެޅުމަށް ޝައުޤްވެރިވާ ޖަމްޢިއްޔާތަކުން، 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމް ބަލައިގަންނާނީ ގޫގުލް ލިންކް https://forms.gle/Cn5CyBdWR1Q2jHJX6  މެދުވެރިކޮށް ނުވަތަ މި މިނިސްޓްރީގެ ކައުންޓަރ (ވެލާނާގެ 3ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން 13:30 އަށެވެ. ރަށްރަށުން އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް: [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.  

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވެވުމަށް 7948514 އާއި ގުޅުއްވުން އެދެމެވެ.

         މި އިނާމްތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާއްމުކޮށް ވަނީ ހުޅުވާލެވިފައެވެ.

25 އޮކްޓޫބަރު 2022