ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-MAP/30/2022/318
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 06 ނޮވެންބަރު 2022 14:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މޮނިޓަރިން އެންޑް އިވެލުވޭޝަން ސްޕެޝިއަލިސްޓް

މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް  

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް 5 އަހަރުދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާ ފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:

މޮނިޓަރިން އެންޑް އިވެލުވޭޝަން ސްޕެޝިއަލިސްޓް

 

ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ.

ބޭނުންވާ ޢަދަދު:

1

މުސާރާ:

-/22,240/- - 25,600-ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި.

މަޤާމުގެ ޝަރުތު:

 

އެގްރިކްލްޗަރ، އިކޮނޮމިކްސް، ޕްރޮޖެކްޓް މެނޭޖްމަންޓް، ބިޒިނަންސް އެޑްމިނިސްޓްރޭޝަން ނުވަތަ މަޤާމުގެ މަސައްކަތާ ގުޅުންހުރި ދައިރާ އަކުން ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު)
  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 6 ނޮވެންބަރު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 15:00 ދެމެދު 3033410 ފޯނާއި ގުޅުއްވުން އެދެމެވެ.

                                              29 ރަބީޢުލްއައްވަލް 1444

25 އޮކްޓޫބަރު 2022