ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/262/2022/82
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 01 ޖަނަވަރީ 1970 05:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިންތަކުގައި ދަނޑުވެރިކަންކުރުމާ ގުޅޭ

އިޢުލާން

                                                      ނަމްބަރު: (IUL)262/262/2022/82  

 

ދަނޑުބިންތަކުގައި ދަނޑުވެރިކަންކުރުމާ ގުޅޭ

 

ދަނޑުވެރިކަން ކުރުމަށް ބިނދޫކުރަށް މިކައުންސިލުން ޢާއްމުކޮށްފައިވާ "ނޮޅިވަރަންފަރުގައި ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުޞޫލު" އާއި ޚިލާފަށް މިހާރަކަށްއައިސް ބައެއްފަރާތްތަކުން، ދަނޑުނެގުމަށްފަހު އެހެން މީހުން ދަނޑުހައްދަން ބިން ދިނުމާއި، ދަނޑު ދޫކޮށްފައިވާ ފަރާތް ނޫން ފަރާތްތަކުން ދަނޑު ހައްދަމުންދާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ.

އެނގިލައްވާނެ ފަދައިން، ޢަމަލީގޮތުން ދަނޑުވެރިކަން ކުރަންބޭނުންވާ މީހުންނަށް، އެމީހުންދިރިއުޅޭ ގޭގެ ނަމުގައި ދަނޑުބިން ދޫކުރެއެވެ. އެގޮތައް ދަނޑުބިން ދޫކުރަނީ، ޢަމަލީގޮތުން ދަނޑުވެރިކަންކުރާ ފަރާތްތައް އިތުރުކުރުމަށާއި، ގިނަބަޔަކަށް ދަނޑުބިން ލިބޭނެ ގޮތްހެދުމާއިއެކު، ދަނޑުވެރިކަން ނުކުރާ ފަރާތްތަކަށް ދޫކޮށްފައިވާ ދަނޑުތައްވާވެ، ދަނޑު ނުހެއްދުމުގެ ސަބަބުން ދަނޑުހައްދާ ފަރާތްތަކުގެ ދަނޑުތަކަށް ލިބޭ ގެއްލުމާއި އުދަގޫ ކުޑަކުރުމާއި، ދަނޑުވެރިކަންކުރާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމާއި އެކު، ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައެވެ.

ވީމާ، އަމިއްލަ ދަނޑުގައި ފިޔަވާ އެހެންމީހުންގެ ނަމުގައި ދަނޑުވެރިކަންކުރާ ފަރާތްތަކުން އެކަން އެގޮތަށް ނުކުރުމަށާއި، ޢަމަލީގޮތުން ދަނޑުވެރިކަން ނުކުރާ ފަރާތްތަކުން ދަނޑުތައް ދޫކޮށްލުމަށް ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި ކައުންސިލުގެ އުޞުލާ ޚިލާފަށް ދަނޑުވެރިކަންކުރާ ފަރާތްތަކުގެ ދަނޑުތައް ވަކިކޮށް ދަނޑުތައް ތަރުތީބުކުރުމުގެ މަސައްކަތް ކައުންސިލުންކުރަމުންދާކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2022