ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)262/2022/79
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 24 ނޮވެންބަރު 2022 13:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްއަށް ކުރިމަތިލުމުގެ ފުރުސަތު

                                                 ނަންބަރު:(IUL)262/2022/79

       

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހދ.ނޮޅިވަރަންފަރުގައި ޢިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި 100 ހައުސިންގ ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް، ހދ.ނޮޅިވަރަންފަރުގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ ކެޓަގަރީގައި 75 ހައުސިންޔުނިޓް އަދި ހދ.ނޮޅިވަރަންފަރަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަ ކުރެވިފައިވާ ކެޓަގަރީގައި 25 ހައުސިންގ ޔުނިޓްއެވެ.

ވީމާ، ތިރީގައި އެއްކަރުދާސްކުރެވިފައިވާ އުޞޫލުގައިވާ ޝަރުތުތައް ހަމަވާ 100 ހައުސިންގ ޔުނިޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ފަރުމާކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު 24 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި ފޯމު ފުރުމުގައި ފޯމުގައިވާ ނުކުތާތަކަށް ސަމާލުކަންދިނުން އެދެމެވެ.

                             މިހެންވެމިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

24 އޮކްޓޫބަރު 2022