ދިވެހިރާއްޖެ
ފިނިބުއިމާއި ލުއިކާނާ ވިއްކުމުގެ ވިޔަފާރިކުރުމަށް ލ. ފޮނަދޫ އިން 02 ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ކުރެވުނު މިކައުންސިލްގެ ނަންބަރު (IUL)401-E/401/2022/167 (09 ޖޫން 2022) އިޢުލާނާއި ގުޅިގެން މެދުއަވަށު ކުޅޭބިމުގެ ހުޅަނގުއުތުރު ކަންމަތިން ދޫކުރުމަށް ހަމަޖެހިފައިވާ 1200 އަކަފޫޓްގެ ބިން ކުއްޔަށް ހިފުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާތީ، އެބިން ކުއްޔަށް ހިފުމަށް ސައުގުވެރިވާ ފަރާތްތަކަށް އަލުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 1- |
|
ބީލަމުގައި ރަޖިސްޓްރީވުން |
- ބީލަމުގައި ރަޖިސްޓަރީ ވުމަށް: https://t.ly/vhLy
|
މަޢުލޫމާތު ސާފުކުރުން / މަޢުލޫމާތު ދިނުން |
|
ބީލަން ހުށަހެޅުން / ބީލަން ހުޅުވުން |
ބީލަން / ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ 13 ނޮވެމްބަރ 2022 (އާދީއްތަ) ދުވަހުގެ 13:30 އެވެ. ސުންގަޑި ހަމަވުމުން ލިބޭ ޕްރޮޕޯޒަލްތައް ބަލައި ނުގަނެވޭނެއެވެ. ޕްރޮޕޯޒަލް އާއެކު ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ސާފުކޮށް ލިޔެފައި އޮންނަންވާނެއެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 13 ނޮވެމްބަރ 2022 (އާދީއްތަ) ދުވަހުގެ 13:30 ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. |