ކުއްޔަށް ހިފުން
ނަންބަރު: ASND/PRC/IUL/2022/0072
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި: 06 ނޮވެންބަރު 2022 10:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ފުރަމާލޭގެ ބޮޑު މަގަކުން 750 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް ޖާގައެއް ކުއްޔަށް ހިފުމަށް

ނަންބަރ: ASND/PRC/IUL/2022/0072


 

މި ކުންފުނީގެ ބޭނުމަށް ފުރަމާލޭގެ ބޮޑު މަގަކުން، 750 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް ޖާގައެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން 11 އޮކްޓޯބަރ 2022 ގައި ކުރި އިޢުލާން ނަމްބަރު ASND/PRC/IUL/2022/0071 އަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ. މީގެއިތުރުން މިކުންފުނީގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ. 

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ. ރެޖިސްޓްރީ ކުރެއްވުމަށް، [email protected] އަށް ކުންފުނީގެ/ވެރިފަރާތުގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.  

 

06 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

 

ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.  

 

24 އޮކްޓޯބަރ 2022

 

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011418      

24 އޮކްޓޫބަރު 2022