ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) MBC-HH/MBC/2014/47
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 16 ނޮވެންބަރު 2014 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ވެބްމާސްޓަރ

މަޤާމު:

ސީނިއަރ ވެބްމާސްޓަރ

ބޭނުންވާ އަދަދު:

2

ކްލެސިފިކޭޝަން:

TP3

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕޮލޮމާއެއް އޮތުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާ ގުޅޭ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭދާއިރާން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސްއޫލިއްޔަތު:

 މި ވަޒީފާގެ މައިގަޑު މަސްއޫލިއްޔަތު ހިމެނިގެންވަނީ، މި ކޯޕަރޭޝަންގެ ވެބްސައިޓް ފަރުމާކޮށް، ކޯޑްކުރުމާއި ވެބްސައިޓް އަދި ވެބްސާވާރތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ވެބްސައިޓް އަޕްޑޭޓް ކުރުން.

މަސައްކަތް ކުރަންޖެހޭ ޝެކްޝަން

އައި.ޓީ ސެކްޝަން

މުސާރަ އާއި އެލަވަންސް:

މަހަކު -/8150 ރުފިޔާ.

އެލަވަންސް:

މަހަކު -/3000 ރުފިޔާ.

އިތުރުގަޑި :

އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

                                      ނޯޓް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު (އެޓެސްޓު ކޮށްފައިވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވާ އޮފީސް ނުވަތަ ކުންފުނީގެ ރިފަރެންސް ސިޓީ.

މަތީގައި ދެންނެވިފައިވާ މަޤާމަށް މިކޯޕަރޭޝަން ކުރެވުނު 44 ނަންބަރު އިޢުލާނަށް އެކަށިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ މަޤާމަށް އިޢުލާން ކުރުމުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން އިޢުލާން ކުރީމެވެ. އަދި 44 ނަންބަރު އިޢުލާނާ ގުޅިގެން އެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުން އަލުން ސިޓީ ނުލިޔަސް މި އިޢުލާން ކުރުމުން މި މަޤާމަށް އެދޭ ފަރާތްތަކާއެކު އިންޓަވިއު އަށް ދައުވަތު ދެވޭނެ ވާހަކަވެސް ދެންނެވީމެވެ. މި މަޤާމުތަކުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީ ގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކެވެ. ހުށަހަޅުއްވަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްތަކުގެ ސިޓީ ބަލައި ނުގަނޭވޭނެ ވާހަކަ ދަންނަވަމެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

16 ނޮވެންބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

           09  މުޙައްރަމް  1436        

02 ނޮވެންބަރު 2014