ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) MBC-HH/MBC/2014/48
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 16:05
ސުންގަޑި: 16 ނޮވެންބަރު 2014 15:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޑިއުސަރ

މަޤާމު:

އެސިސްޓެންޓް ޕްރޮޑިއުސަރ

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

3

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން ، މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ދެ މާއްދާއިން ފާސްވެފައިވުން، ނުވަތަ މަޤާމާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސްއޫލިއްޔަތު:

  1. ޓީވީ ޕްރޮގުރާމު ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ވީކްލީ އަދި ޑެއިލީ ޕްރޮގުރާމު ތައްޔާރުކުރުން؛
  2. ޚާއްޞަ މުނާސަބަތުތަކަށް ޓީވީ ޕްރޮގުރާމު ތައްޔާރު ކުރުން؛
  3. ސްޕެސަލް އެސައިންމެންޓުގެ ޓީވީ ގޮތުގައި ޙަވާލުކުރެވޭޓީވީ ޕްރޮގުރާމުތައް ތައްޔާރުކުރުމާއި ރިކޯޑިންގތައް ހެދުމާއި ލައިވްތައް ގެނެސްދިނުން؛
  4. ޓީވީ ލައިވްތަކަށް/ ލައިވް ރިކޯޑިންގތަކަށް ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ދާންޖެހޭ ތަންތަނަށް ގޮސްގެން މަސައްކަތް ކުރުމާއި ޕްރެޒެންޓަރުން ހަމަޖައްސައި އެމީހުންލައްވާ ޕްރޮގުރާމުތައް ހުށަހެޅުން؛
  5. ޓީވީ ޕްރޮގުރާމު ސްކްރިޕްޓް ލިޔުން؛
  6. ޓީވީ ޕްރޮގުރާމުތަކަށް ބޭނުންވާ ލިޔުންތައް ތަރުޖަމާކުރުމާއި ރިސާރޗް ކުރުން؛
  7. ޓީވީ ވަޒީފާއާ ގުޅޭގޮތުން ޙަވާލުކުރާ އެހެނިހެން މަސައްކަތް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ،

ސަރވިސް އެލަވަންސް:

އިތުރުގަޑި:

- މަހަކު -/5000 ރުފިޔާ.

- މަހަކު -/3000 ރުފިޔާ

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު .

- ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީ ބަލައިއެއް ނުގަނޭވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

 

16 ނޮވެންބަރު 2014 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ  3000284/ 3000210 ނަންބަރު ފޯނާއެވެ.

           09   މުޙައްރަމް    1436        

02 ނޮވެންބަރު 2014