ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)272-CA/272/2022/67
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި:
30 އޮކްޓޫބަރު 2022 14:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އައު އިމާރާތް އަޅާ ބިމުގެ އުތުރުން އޮތް ބިން ސާފުކުރުމުގެ ބިޑް އިވެލުއޭޝަންއާ ގުޅޭ
މިކައުންސިލްގެ ނަމްބަރ: (IUL)272-ESMS/272/2022/63 (10 އޮކްޓޯބަރ 2022) އިޢުލާނުން، ކައުންސިލްގެ އައު އިމާރާތް އަޅާ ބިމުގެ އުތުރުން އޮތް ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު، އެ މަޢުލޫމާތު މި އިޢުލާނާއި އެކު ޢާއްމު ކުރަމެވެ.
ވީމާ، މި ބިޑް އިވެލުއޭޓް ކުރުމަށް މާކުސް ދީފައިވާ ގޮތާއި މެދު އެއްވެސް ފަރާތަކުން ޝަކުވާއެއްވާނަމަ މިއަދުން (24 އޮކްޓޯބަރ 2022 ން) ފެށިގެން ރަސްމީ 05 (ފަސް) ދުވަސްތެރޭގައި މިއިދާރާއަށް ޝަކުވާ ހުށައެޅުމަށް ދަންނަވަމެވެ. ޝަކުވާ ހުށައަޅާ ފޯމް މިއިދާރާއިން ލިބެންހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
24 އޮކްޓޫބަރު 2022