ދިވެހިރާއްޖެ
ނީލަންކިޔުމާބެހޭ
މި ކައުންސިލްގެ އިދާރާގެ، ބެލުމުގެ ދަށުގައި ހުރި، ތިރީގައި މަޢޫލޫމާތު ދީފައިވާ ތަކެތި ނީލަން ކިޔުން، 27 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:30 ގައި މިރަށު ފުރްޤާން މިސްކިތް ސަރަހައްދުގައި އޮންނާނެއެވެ.
ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކުން 24 އޮކްޓޯބަރ 2022 އިން 26 އޮކްޓޫބަރ 2022 އާއި ދެމެދު ރަސްމީ ގަޑީގައި މި އިދަރާއަށް ދުރުވެ ނުވަތަ މިއިދާރާގެ ނަމްބަރު 7470014 އަށް ގުޅުއްވައި، ނަންނޯޓު ކުރެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވެލެއްވޭނީ، ނީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށެވެ.
މި ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން، ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން އެއްރުފިޔާއެވެ. އަދި ނީލަމުން ނަންގަވާ ތަކެތި 28 އޮކްޓޯބަރ 2022 ވާ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ތަކެތިހުރި ސަރަހައްދުން ގެންދެވުމަށާއި، ނީލަމުން ނަންގަވާ ތަކެއްޗަށްވާ ފައިސާ، 30 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އާ 11:00 ދެމެދު މި ކައުންސިލްގެ އިދާރާއަށް، ދައްކަވައި ނިންމަންވާނެއެވެ.
ނީލަމުން ނަންގަވާ ތަކެތި، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުގެންދަވާނަމަ، އެތަކެތި ކުނީގެ ގޮތުގައި ނައްތާލެވޭނެ ކަމަށާއި، އަދި ކަނޑައަޅާފައިވާ މުއްދަތުގައި ފައިސާ ނުދައްކާ ނީލަމުންނެގި ތަކެތި ގެންގޮސަފައިވާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
ނީލަންކިޔާ ތަކެތީގެ ލިސްޓް
ނަންބަރު: (IUL)292/292/2022/24 އިޢުލާނާއި ގުޅޭ
ބާވަތް |
30 ޕަލެޓް މުށި |
14 އެލްމެނިއަމް ކުޑަ ދޮރު |
1 އެލްމެނިއަމް ކުޑަ ދޮރު |
5 އެލްމެނިއަމް ބޮޑު ދޮރު |
8 ހަތިމް ހަރު |
1 މައި ދޮރު |
25 ސީލިންގ ފަންކާ |
4 ވޯލް ފޭން |
8 އެމަޖެންސީ ލައިޓް |
21 ލެޑް ޑައުންލައިޓް |
7 އޯޕަންއޭރިޔާ ލައިޓް |
2 ޗާންދަލިޔާ ލައިޓް |