ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)10-C/10/2022/163
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 02 ނޮވެންބަރު 2022 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޑިރެކްޓަރ

 (IUL)10-C/10/2022/163:ނަންބަރު

އިޢުލާނު

 

މަޤާމު:

ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-346466

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އީ. އެކްސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ޑިރެކްޓަރ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ހޯމްއެފެއާޒު/ އެގްޒެކެޓިވް ސެކްރެޓޭރިއެޓް ސެކްޝަން / ކ. މާލެ

މުސާރަ:

8,835.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 1,100.00 ރުފިޔާ
  2. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެގްޒެކެޓިވް ސެކްރެޓޭރިއަޓް ސެކްޝަންގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގުމާއި ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ސެކްޝަނަށް އަންނަ ލިޔެކިއުންތަކަށް މިނިސްޓަރ، ސްޓޭޓް މިނިސްޓަރ އަދި ޕީ.އެސްގެ ލަފާގެމަތިން ޖަވާބުދީ ބެލެހެއްޓުން.
  2. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ، މިނިސްޓަރުގެ ނާއިބު އަދި ޕާރމަނަންޓް ސެކްރެޓަރީ ރާއްޖޭން ބޭރުގެ ޑެލިގޭޓުންނާއެކު ބާއްވަވާ ބައްދަލުވުންތަކާއި، ބާއްވަވާ ފޯރަމްތަކާއި ޕްރޮގްރާމްތަށް ރޭވުމާއި، އެ ކަންކަމާއި ގުޅިގެން އިންތިޒާމް ކުރަންޖެހޭ އެންމެހާ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  3. ރާއްޖޭން ބޭރުގެ ޑެލިގޭޓުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ ޝެޑިއުލް ހަމަޖެއްސުމާއި، އެކަމާގުޅިގެން އެފަރާތްތަކާއެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައްކުރުމާއި، ބައްދަލުވުންތަކުގެ އެންމެހާ އިންތިޒާމުތައް އޯގަނައިޒުކޮށް ބެލެހެއްޓުން.
  4. ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި މިނިސްޓްރީ ތަމްސީލު ކުރަންޖެހޭ ޙާލަތުގައި މިނިސްޓަރގެ އިރުޝާދާއެކު މިނިސްޓްރީ ތަމްސީލުކުރުން.
  5. ޤާނޫނު ނަންބަރ 2013/14 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލް ޤާނޫނު)ގެ 9 ވަނަ މާއްދާގެ (ހ) ދަށުން މިނިސްޓަރ އައްޔަނުކުރުމަށް ކަނޑައަޅާފައިވާ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާރވިސްގެ މަގާމަށް ބޭފުޅަކު ހަމަޖައްސަން ޖެހިއްޖެނަމަ، ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގައިވާ ގޮތުގެ މަތިން އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުވައި ބެލެހެއްޓުން.
  6. ހިންގުމުގެ ދާއިރާގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުތަކާ ގުޅިގެން ސެކްޝަނުގެ ފަރާތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި އެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތަމްރީންތައް ފުރިހަމަ ކުރާ ސިޔާސީ ބޭފުޅުންގެ ޓްރެއިނިންގ އިވޭލުއޭޝަން ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.
  7. ތަމްރީނު ޕްރޮގުރާމު، ވޯކުޝޮޕު، ސެމިނާރ އަދި ސްޓަޑީ ޓުއަރ ތަކުގައި ރާއްޖެއިން ބޭރަށް މިނިސްޓްރީގެ ފަރާތުން ދިއުމަށް ފުރުސަތު ލިބޭ ސިޔާސީ ބޭފުޅުން ފޮނުވުމަށް ސެކްޝަނުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ކޯހާބެހޭ އެންމެހައި މަޢުލޫމާތުތައް ބަލަހައްޓައި، އެ މަޢުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތަމްރީންތައް ފުރިހަމަ ކުރާ ސިޔާސީ ބޭފުޅުންގެ ޓްރެއިނިންގ އިވޭލުއޭޝަން ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން.
  8. ރައީސުލްޖުމްހޫރިއްޔާ މިނިސްޓްރީއަށް ޢައްޔަން ކުރައްވާ ސިޔާސީ ބޭފުޅުންގެ މަޢުލޫމާތު މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނަށް ފޮނުވުމާއި، ސިޔާސީ ބޭފުޅުން ޢަމަލުކުރަންޖެހޭ އުސޫލުގެ ކޮޕީއެއް އެ ބޭފުޅުންނަށް އެރުވުމާއި، އެ ބޭފުޅުންގެ ވަރކް ސްޓޭޝަނާއި ބޭނުންވާނެ އެންމެހާ ވަސީލަތްތައް ކަމާގުޅޭ ސެކްޝަންތަކާއި ގުޅިގެން ހަމަޖެއްސުމާއި، ސިޔާސީ ބޭފުޅުންނާއި  ޕަރމަނަންޓް ސެކްރެޓަރީގެ ޗުއްޓީއާއި ހާޟިރީ ކަންތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ ޖަވާބުދާރީ ވާންޖެހޭ ކަންތައްތަކުގައި އެހީތެރިވެދިނުމާއި އެކަންތައްތަކުގެ ރެކޯޑު ބެލެހެއްޓުމާއި، މިނިސްޓަރ، އަދި ސްޓޭޓް މިނިސްޓަރުންނަން އަންނަ އެޕޮއިންޓްމަންޓްތައް އެބޭފުޅުންގެ ލަފާގެމަތިން ޝެޑިއުލްކޮށް އެ އެޕޮއިންޓްމަންޓްތަކާ ގުޅޭގޮތުން ގުޅަންޖެހޭ ފަރާތްތަކާއިގުޅާ ބޭއްވޭ މީޓިންގތަކުގެ ޔައުމިއްޔާ ގަވާއިދުން ލިޔެ ފައިލްކުރުވުން.
  10. މިނިސްޓަރ، ސްޓޭޓް މިނިސްޓަރ، މިނިސްޓަރގެ ނައިބު އަދި ޕަރމަނަންޓް ސެކްރެޓަރީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ޑީބްރީފިންގ / ބްރީފިންގ ދިނުމާއި، މިނިސްޓްރީން ރާވާ ހިންގާ އެކިއެކި އިވެންޓްތަކާއި ރަސްމިއްޔާތުތަކުގެ ތެރެއިން މިނިސްޓަރ، ސްޓޭޓް މިނިސްޓަރުން އަދި މިނިސްޓަރުގެ ނާއިބުން އަދި ޕަރމަނަންޓް ސެކްރެޓަރީ ބައިވެރިވެ ވަޑައިގަންނަވާ އެކިއެކި އިވެންޓް ތަކާބެހޭ މަޢުލޫމާތު އެބޭފުޅުންގެ މަޝްވަރާގެމަތިން ތައްޔާރުކޮށް މިނިސްޓްރީގެ މީޑިއާ ސެކްޝަނަށް ފޮނުވުން.
  11. މިނިސްޓަރ އަދި ޕާރމަނަންޓް ސެކްރެޓެރީގެ ލަފާގެމަތިން ބާއްވަންޖެހޭ ސީނިއަރ މެނޭޖްމަންޓް މީޓިންގއާއި، ސީނިއަރ އެކްސްކޯ އަދި އެކްސްކޯ ބައްދަލުވުންތަކާއި، އެހެނިހެން ބައްދަލުވުންތައް ބޭއްވުމުގެ އެންމެހާ އިންތިޒާމުތައް ރާވާ ބެލެހެއްޓުމާއި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ގަވާއިދުންލިޔެ ފައިލްކުރުވުން.
  12. މިނިސްޓަރ، ޕަރމަންޓް ސެކްރެޓަރީ އަދި ސިޔާސީ ބޭފުޅުން ރާއްޖެތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ އިދާރީ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި މަސައްކަތް ކުރިއަށް ދާގޮތް ބެލުމާއި، އެއަރޕޯރޓަށް ދާންޖެހިއްޖެ ހާލަތެއްގައި އެއަރޕޯޓަށްދިއުން.
  13. ސެކްޝަންގެ ބަޖެޓް ތައްޔާރުކުމަށްޓަކައި ބޭނުންވާ ފަންނީ ލަފާއެރުވުމާއި ބަޖެޓް ތައްޔާރުކުރާކަން ކަށަވަރުކުރުމާއި، ސެކްޝަންގެ އެކްޝަން ޕްލޭން ހަދައި، އެކްޝަން ޕްލޭން ޕްރޮގްރެސް ގަވައިދުން ފުރިހަމަކުރާކަން ސުޕަވައިޒްކުރުމާއި ތަންފީޒުކުރުމުގެ ކަންކަން ކަށަވަރުކުރުމާއި، އޮފީހުން ކުރިއަށްގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

  1. އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ ޕޮލިޓިކަލް ސައިންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. އެޑްމިނިސްޓްރޭޝަން/ ބިޒްނަސް އެޑްމިނިސްޓްރޭޝަން /ބިޒްނަސް މެނޭޖްމަންޓް/ މެނޭޖްމަންޓް/ ޕޮލިޓިކަލް ސައިންސް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  3. ބިޒްނަސް މެނޭޖްމަންޓް
  4. މެނޭޖްމަންޓް
  5. ޕޮލިޓިކަލް ސައިންސް
  6. ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިންތައް:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން
  2. ބިޒްނަސް މެނޭޖްމަންޓް
  3. ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓް ދެވޭނެއެވެ.

 

މަޤާމުގެ ކޯ ޑިސިޕްލިންތައް:

ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2. މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.homeaffairs.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 ނޮވެންބަރު 2022  ވާ  ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްއެފެއާޒު އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ، 2022 ނޮވެންބަރު 10 އާއި 17 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031542، 3031543 ނުވަތަ 3031546 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

28 ރަބީޢުލްއައްވަލް 1444

24 އޮކްޓޫބަރު 2022