އިންޝުއަރެންސް
ނަންބަރު: 113-PRC/I-2014/121
ޕަބްލިޝްކުރި ތާރީޚް: 06 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 12 ނޮވެންބަރު 2014 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ފިކްސްޑް އެސެޓްސްތަކަށް އިންޝުއަރެންސްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން

އެސެޓް އިންޝުއަރެންސް ކުރުމާބެހޭ

މި ކުންފުނީގެ ފިކްސްޑް އެސެޓްސްތަކަށް އިންޝުއަރެންސްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: 2014/113-PRC/Iފ-113 އިޢުލާނަށް މަޢުލޫމާތު ސާފުކުރެއްވުމަށް 3 ފަރާތުން ހާޒިރުވެފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

މިކުންފުނީގެ ފިކްސްޑް އެސެޓްތަކަށް 2 އަހަރުދުވަހުގެ މުއްދަތަށް އިންޝުއަރެންސް ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ޚިދުމަތް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް

18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް

މިކަމަށް އެދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

13 މުޙައްރަމް 1436

06 ނޮވެންބަރު 2014